Announcement for new Swimming Coach – SDP

ފެތުމުގެ ދާއިރާގެ ވަޒީފާގެ ފުރުޞަތު


ސްވިމިންގ އެސޯސިއޭޝަންއިން ހިންގާ ޕްރޮގްރާމްތަކަށް ތިރީގައިވާ ވަޒީފާތަކަށް މީހުން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 05 މެއި 2015 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މިއެސޯސިއޭޝަނަށް ސިޓީއާއި ތަޢުލީމީ ފެންވަރު އަންގައިދޭ ލިޔެކިޔުންތަކާއި އައިޑެންޓިޓީކާޑުގެ ކޮޕީ އަދި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ހުށަހެޅުއްވުން އެދެމެވެ.

  • މަޤާމް: ކޯޗް (ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ފަރިތަކުރުންތަކަށް) – ވަގުތީ
  • ބޭނުންވާ އަދަދު: 1
  • މުސާރަ: 3000.00 (ތިން ހާސް ރުފިޔާ)
  • މަސައްކަތްކުރަންޖެހޭތަން: މާލެ
  • މުއްދަތު: 6 މަސްދުވަސް
  • މަސައްކަތްކުރަންޖެހޭ ވަގުތު: ހަފްތާއަކު 5 ދުވަސް ދުވާލަކު 2 ގަޑިއިރު (ހެނދުނު 06:00 – 07:00 އަދި ހަވީރު 05:00 – 06:00)

މިނިމަމް ފެންވަރު ނުވަތަ ޝަރުތު:

  • ފެތުމުގެ ކޯޗިންގ ކޯސް ފުރިހަމަ ކޮށްފައިވުން.
  • އިނގިރޭސިބަހުން ލިޔަންކިޔަން އެނގުމާއި އަދި ވާހަކަ ދައްކަން އެގުން.
  • އަމިއްލައަށް ޝެޑިއުލް ހަދައިގެން ޓްރެއިނިންގ ސެޝަންތައް ގެންދަން އެނގުން.
  • ސްވިމިންގ ކޯޗިންގ ދާއިރާގައި ޙަރަކާތްތެރި ވުމުގެ ޝައުޤުވެރިކަން ހުރުން.
  • އެސޯސިއޭޝަނުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވެ އެހެންމީހުންނާއެކު ގުޅިގެން މަސައްކަތްކުރެވޭނެ މީހަކަށްވުން.
  • ވަގުތައް ހުރުމަތްތެރިކޮށް ހިތާ މީހަކު ކަމުގައިވުން.
  • ފީނާގެ ގަވައިދުތައް ފެތުންތެރިންނަށް އުގަންނައި ދިނުމުގެ ޤާބިލިއްޔަތުކަން ހުރުން.

ކުރަންޖެހޭ މަސައްކަތް:

  • ކުދިންނަށް ފެތުމުގެ 4 ސްޓްރޯކް ދަސްކޮށްދީ، އެކުދިންނަށް ފެތުމުގެ ކެރިއަރގެ ރަނގަޅު ބިންގަލެއް ގާއިމްކޮށްދިނުން.
  • އެސޯސިއޭޝަނުން އަންގާގޮތެއްގެމަތިން ފަރިތަކުރުންތައް ކުރިއަށްގެންދިޔުން.

ނޯޓް: ޕްރޮފޯރމަންސްއަށް ބަލައި، އެގްރިމެންޓް އާކުރުމުގެ ފުރުސަތު ދެވޭނެއެވެ.


Swimmers Development Program is Sponsored by:

100Plus

No.: SAM/2015/IUL/005

Announcement for new Swimming Coach – SDP