FINA Awards Training Scholarships to 2 Maldivian Swimmers

ރާއްޖޭގެ ދެފެތުންތެރިންނަށް ފީނާ ޓްރެއިނިންގ ސްކޮލަރޝިޕް ލިބިއްޖެ


Saju & Sajina

ބައިނަލް އަޤްވާމީ ފެތުމުގެ ކުޅިވަރުތަކުގެ ޖަމުޢިއްޔާ، ފީނާ އިން ރާއްޖޭގެ 2 ފެތުންތެރިންނަށް ސްވިމިންގ ޓްރެއިނިންގސްކޯލަރޝިޕް އެވޯރޑް ކޮށްފިއެވެ. މި ސްކޮލަރޝިޕް ލިބިފައިވަނީ ޤައުމީ ސީނިއަރ ސްކޮޑްގެ 2 ފެތުންތެރިން ކަމުގައިވާ އައިމިނަތު ޝަޖަންއަށާއި، އައިޝަތު ސާޖިނާއަށެވެ. މިއީ ރާއްޖޭގެ ފެތުންތެރިންތަކަކަށް، ފީނާ ޓްރެއިނިންގ ސްކޯލަރޝިޕް ލިބުނު ފުރަތަމަ ފަހަރެވެ.

މި ސްކޮލަރޝިޕްގެ ދަށުން މި 2 ފެތުންތެރިންގެ ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ތައިލޭންޑްގެ ޕުކެޓްގައި ހުންނަ ހައި ޕްރޮފޯރމަންސް ޓްރެއިނިންގ ސެންޓަރގައެވެ. މި 2 ފެތުންތެރިން ތައިލެންޑްއަށް ފުރުމަށް ހަމަޖެިހިފައިވަނީ އަންނަ ޖޫން މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ.

ޝަޖަން އަދި ސާޖިނާ އަކީ މިހާރުވެސް އޮލިމްޕިކް ކޮމިޓީގެ ސްކޮލަރޝިޕްއެއްގައި ސްރީލަންކާގެ ރެއިންބޯ އެކުއެޓިކްސް ކްލަބް ގައި ފަރިތަކުރުންތައް ފުރިހަމަކުރަމުން އަންނަ 2 ފެތުންތެރިންނެވެ.

މިއީ 2016 ވަނަ އަހަރު ރިއޯ ގައި ބޭއްވުމަށް ތާވަލްކޮށްފައިވާ ރިއޯ 2016 އޮލިމްޕިކް ގޭމްސް އާއި ގުޅުވައިގެން ފީނާ އިން ހުޅުވާލި ފުރުޞަތެކެވެ.


National Swimming Squads are Sponsored by:

Sponsor - Arena Banner

FINA Awards Training Scholarships to 2 Maldivian Swimmers