News & Announcements

Announcement for New Assistant Administrative Officer

ފެތުމުގެ ދާއިރާގެ ވަޒީފާގެ ފުރުޞަތު


މިއެސޯސިއޭޝަނުން ކުރި ނަންބަރު SAM/2015/IUL/006 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ، މިމަޤާމަށް އަލުން އިޢުލާން ކުރަމެވެ.

މިއެސޯސިއޭޝަނަށް ތިރީގައި ބަޔާންކޮށްފައިވާ ވަޒީފާތަކަށް މީހުންބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 18 މެއި 2015 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މިއެސޯސިއޭޝަނަށް ވަޒީފާއަށް އެދި ސިޓީހުށަހެޅުއްވުން އެދެމެވެ.

  • މަޤާމު: އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ
  • ބޭނުންވާ ޢަދަދު: 01
  • ވަޒީފާ އަދާކުރަންޖެހޭ ތަން: ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް، މާލެ
  • ޝަރުތު: ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން އިނގިރޭސި ހިމެނޭގޮތަށް މަދުވެގެން 3 ސީފާސް ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މިއެސޯސިއޭޝަނަށް އަންނަ އަދި މިއެސޯސިއޭޝަނުން ފޮނުވާ ލިޔެކިޔުންތައް ބެލެހެއްޓުން.
  • މިއެސޯސިއޭޝަނުން ރާވައި ހިންގާ މުބާރާތްތަކާއި ގުޅޭ އިދާރީ މަސައްކަތްތައް ކުރުން.
  • މިއެސޯސިއޭޝަނުން ރާވައި ހިންގާ މުބާރާތްތައް އޮގަނައިޒްކޮށް ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވުން.
  • މިއެސޯސިއޭޝަނުގެ މެމްބަރުންގެ ރަޖިސްޓްރީ ބެލެހެއްޓުން.
  • މިއެސޯސިއޭޝަނުގެ ފަރާތުން އެކި ތަންތަނަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވުން.
  • އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންކަން ކުރުން.
  • މަސައްކަތްކުރަން ޖެހޭ ގަޑިތައް: ސަރުކާރުގެ ރަސްމީ ގަޑިތައް
  • މުސާރަ: ކޮންމެ މީލާދީ މަހަކު 4000.00 (ހަތަރުހާސް) ރުފިޔާ
  • ޗުއްޓީއާއި ލީވްގެ ދުވަސްތައް: ސިވިލް ސަރވިސް ޤަވައިދުގައި ބަޔާންކޮށްފައިވާ ޗުއްޓީ ދުވަސްތަކާއި ލީވްތައް ހަމަޖައްސަވައި ދެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ސިޓީއާއި އެކު ހުށަހަޅަންޖެހޭ ތަކެތި:

  • އައިޑީކާރޑްގެ ކޮޕީ
  • ތައުލީމީ ފެންވަރު އަންގައިދޭ ލިޔުންތަކުގެ ކޮޕީ
  • ސީވީ

ވަޒީފާއަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންކަން:

  • ކޮންޕިއުޓަރ ބޭނުންކުރުމަށް އަހުލުވެރިވުން.
  • ފެތުމުގެ ދާއިރާއިން ނުވަތަ ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތައް.

އިތުރު އިނާޔަތްތައް:

  • މިއެސޯސިއޭޝަނުން ރާވައިހިންގާ މުބާރާތްތަކުގައި އޮފިޝަލެއްގެ ގޮތުގައި ޚަރަކާތްތެރި ވާނަމަ، އެކަމަށް ކަނޑައެޅިފައިވާ އެލަވަންސްތައް ހަމަޖައްސައި ދެވޭނެއެވެ.
  • ކުޅިވަރާއި ކުޅިވަރުގެ އެޑްމިނިސްޓްރޭޓިވް ދާއިރާއިން ތައުލީމް އުނގެނުމަށާއި، ޓްރެއިނިންގ ތަކަށް މިއެސޯސިއޭޝަނަށް ލިބޭ އެކި އެކި ފުރުޞަތުތަކަށް ނަންހުށަހެޅުމުގައި މިއެސޯސިއޭޝަނުގެ މުއައްޒަފުންނަށް އިސްކަންދެވޭނެއެވެ.

No.: SAM/2015/IUL/007

Announcement for New Assistant Administrative Officer