ފެތުމުގެ ދާއިރާގެ ވަޒީފާގެ ފުރުޞަތު
މިއެސޯސިއޭޝަނުން ކުރި ނަންބަރު SAM/2015/IUL/005 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ، މިމަޤާމަށް އަލުން އިޢުލާން ކުރަމެވެ.
ސްވިމިންގ އެސޯސިއޭޝަންއިން ހިންގާ ޕްރޮގްރާމްތަކަށް ތިރީގައިވާ ވަޒީފާތަކަށް މީހުން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 18 މެއި 2015 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މިއެސޯސިއޭޝަނަށް ސިޓީއާއި ތަޢުލީމީ ފެންވަރު އަންގައިދޭ ލިޔެކިޔުންތަކާއި އައިޑެންޓިޓީކާޑުގެ ކޮޕީ އަދި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ހުށަހެޅުއްވުން އެދެމެވެ.
- މަޤާމް: ކޯޗް (ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ފަރިތަކުރުންތަކަށް) – ވަގުތީ
- ބޭނުންވާ އަދަދު: 1
- މުސާރަ: 3000.00 (ތިން ހާސް ރުފިޔާ)
- މަސައްކަތްކުރަންޖެހޭތަން: މާލެ
- މުއްދަތު: 6 މަސްދުވަސް
- މަސައްކަތްކުރަންޖެހޭ ވަގުތު: ހަފްތާއަކު 5 ދުވަސް ދުވާލަކު 2 ގަޑިއިރު (ހެނދުނު 06:00 – 07:00 އަދި ހަވީރު 05:00 – 06:00)
މިނިމަމް ފެންވަރު ނުވަތަ ޝަރުތު:
- ފެތުމުގެ ކޯޗިންގ ކޯސް ފުރިހަމަ ކޮށްފައިވުން.
- އިނގިރޭސިބަހުން ލިޔަންކިޔަން އެނގުމާއި އަދި ވާހަކަ ދައްކަން އެގުން.
- އަމިއްލައަށް ޝެޑިއުލް ހަދައިގެން ޓްރެއިނިންގ ސެޝަންތައް ގެންދަން އެނގުން.
- ސްވިމިންގ ކޯޗިންގ ދާއިރާގައި ޙަރަކާތްތެރި ވުމުގެ ޝައުޤުވެރިކަން ހުރުން.
- އެސޯސިއޭޝަނުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވެ އެހެންމީހުންނާއެކު ގުޅިގެން މަސައްކަތްކުރެވޭނެ މީހަކަށްވުން.
- ވަގުތައް ހުރުމަތްތެރިކޮށް ހިތާ މީހަކު ކަމުގައިވުން.
- ފީނާގެ ގަވައިދުތައް ފެތުންތެރިންނަށް އުގަންނައި ދިނުމުގެ ޤާބިލިއްޔަތުކަން ހުރުން.
ކުރަންޖެހޭ މަސައްކަތް:
- ކުދިންނަށް ފެތުމުގެ 4 ސްޓްރޯކް ދަސްކޮށްދީ، އެކުދިންނަށް ފެތުމުގެ ކެރިއަރގެ ރަނގަޅު ބިންގަލެއް ގާއިމްކޮށްދިނުން.
- އެސޯސިއޭޝަނުން އަންގާގޮތެއްގެމަތިން ފަރިތަކުރުންތައް ކުރިއަށްގެންދިޔުން.
ނޯޓް: ޕްރޮފޯރމަންސްއަށް ބަލައި، އެގްރިމެންޓް އާކުރުމުގެ ފުރުސަތު ދެވޭނެއެވެ.
Swimmers Development Program is Sponsored by:
No.: SAM/2015/IUL/008