9 ވަނަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި ބަރިވެރިވާ ފެތުންތެރިން ސްރީލަންކާގައި ތަމްރީންތައް ފަށައިފި
ދިވެހި ސްވިމިންގ ޓީމްގެ ފަރިތަކުރުންތައް ސްރީލަންކާގައި ފަށައިފިއެވެ. މިފަރިތަކުރުންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ރެއިންބޯ އެކުއެޓިކްސް އާއި ގުޅިގެންނެވެ. މިޓްރެއިނިންގ ކޭމްޕްގައި ބައިވެރިވާ ފެތުންތެރިން އެނބުރި ރާއްޖެއައުމަށް ހަމަޖެހިފައިވަނީ 26 ޖުލައި 2015 ގައެވެ. މިކޭމްޕްގައި ރާއްޖޭގެ ޓީމާއި ޙަވާލުވުގެން ދިޔައީ ރާއްޖޭގެ ޤައުމީ ސްވިމިންގ ހެޑްކޯޗު އިސްމާޢިލް ފަރުޙާނެވެ.
އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި ރަނގަޅު ނަތީޖާއެއް ނެރުމަށްޓަަކައި ރާއްޖޭގެ ފެތުންތެރިން ދަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
Sponsors of National Swimming Squads: