Ismail Muthasim Renews the National Record for 400m Freestyle

400 މީޓަރ ފްރީސްޓައިލް އިވެންޓްގެ ޤައުމީ ރެކޯރޑް އިސްމާޢިލް މުޢުތަސިމް އާކޮށްފި


400 މީޓަރ ފްރީސްޓައިލްގެ ޤައުމީ ރެކޯރޑް އިސްމާޢިލް މުޢުތަސިމް އަދުނާން އާކޮށްފިއެވެ. އިސްމާޢިލް މި ރިކޯރޑް އާކޮށްފައިވަނީ ރީޔުނިއަން ގައި މިހާރު ކުރިއަށްދާ 9 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ގައި 400 މީޓަރ ފްރީސްޓައިލް އިވެންޓް 05:00.65 އިން ފުރިހަމަކޮށްގެންނެވެ.

400 މީޓަރ ފްރީސްޓައިލްގެ ޤައުމީ ރިކޯރޑް އެންމެފަހުން އާކޮށްފައި ވަނީވެސް އިސްމާޢިލް އެވެ. އެއީ 2014 ވަނަ އަހަރު ސައުތު ކޮރެއާގައި ބޭއްވި 17 ވަނަ އޭޝިއަން ގޭމްސް ގައި 05:10.34 އިން ރޭސް ފުރިހަމަކޮށްގެންނެވެ.


National Swimming Squads Sponsored by:

Sponsor - Arena Banner

Ismail Muthasim Renews the National Record for 400m Freestyle