400 މީޓަރ ފްރީސްޓައިލް އިވެންޓްގެ ޤައުމީ ރެކޯރޑް އިސްމާޢިލް މުޢުތަސިމް އާކޮށްފި
400 މީޓަރ ފްރީސްޓައިލްގެ ޤައުމީ ރެކޯރޑް އިސްމާޢިލް މުޢުތަސިމް އަދުނާން އާކޮށްފިއެވެ. އިސްމާޢިލް މި ރިކޯރޑް އާކޮށްފައިވަނީ ރީޔުނިއަން ގައި މިހާރު ކުރިއަށްދާ 9 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ގައި 400 މީޓަރ ފްރީސްޓައިލް އިވެންޓް 05:00.65 އިން ފުރިހަމަކޮށްގެންނެވެ.
400 މީޓަރ ފްރީސްޓައިލްގެ ޤައުމީ ރިކޯރޑް އެންމެފަހުން އާކޮށްފައި ވަނީވެސް އިސްމާޢިލް އެވެ. އެއީ 2014 ވަނަ އަހަރު ސައުތު ކޮރެއާގައި ބޭއްވި 17 ވަނަ އޭޝިއަން ގޭމްސް ގައި 05:10.34 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
National Swimming Squads Sponsored by: