ފެތުމުގެ ދާއިރާގެ ވަޒީފާގެ ފުރުޞަތު
މިއެސޯސިއޭޝަނަށް ތިރީގައި ބަޔާންކޮށްފައިވާ ވަޒީފާތަކަށް މީހުންބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 9 ސެޕްޓެމްބަރ 2015 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މިއެސޯސިއޭޝަނަށް ވަޒީފާއަށް އެދި ސިޓީހުށަހެޅުއްވުން އެދެމެވެ.
މަޤާމު: އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ ޢަދަދު: 01
ވަޒީފާ އަދާކުރަންޖެހޭ ތަން: ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް، މާލެ
ޝަރުތު: ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން އިނގިރޭސި ހިމެނޭގޮތަށް މަދުވެގެން 2 ސީފާސް ލިބިފައިވުން.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- މިއެސޯސިއޭޝަނަށް އަންނަ އަދި މިއެސޯސިއޭޝަނުން ފޮނުވާ ލިޔެކިޔުންތައް ބެލެހެއްޓުން.
- މިއެސޯސިއޭޝަނުން ރާވައި ހިންގާ މުބާރާތްތަކާއި ގުޅޭ އިދާރީ މަސައްކަތްތައް ކުރުން.
- މިއެސޯސިއޭޝަނުން ރާވައި ހިންގާ މުބާރާތްތައް އޮގަނައިޒްކޮށް ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވުން.
- މިއެސޯސިއޭޝަނުގެ މެމްބަރުންގެ ރަޖިސްޓްރީ ބެލެހެއްޓުން.
- މިއެސޯސިއޭޝަނުގެ ފަރާތުން އެކި ތަންތަނަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވުން.
- އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންކަން ކުރުން.
މަސައްކަތްކުރަން ޖެހޭ ގަޑިތައް: ސަރުކާރުގެ ރަސްމީ ގަޑިތައް
މުސާރަ: ކޮންމެ މީލާދީ މަހަކު 4000.00 (ހަތަރުހާސް) ރުފިޔާ
ޗުއްޓީއާއި ލީވްގެ ދުވަސްތައް: ސިވިލް ސަރވިސް ޤަވައިދުގައި ބަޔާންކޮށްފައިވާ ޗުއްޓީ ދުވަސްތަކާއި ލީވްތައް ހަމަޖައްސަވައި ދެވޭނެއެވެ.
ވަޒީފާއަށް އެދި ހުށަހަޅާ ސިޓީއާއި އެކު ހުށަހަޅަންޖެހޭ ތަކެތި:
- އައިޑީކާރޑްގެ ކޮޕީ
- ތައުލީމީ ފެންވަރު އަންގައިދޭ ލިޔުންތަކުގެ ކޮޕީ
- ސީވީ
ވަޒީފާއަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންކަން:
- ކޮންޕިއުޓަރ ބޭނުންކުރުމަށް އަހުލުވެރިވުން.
- ފެތުމުގެ ދާއިރާއިން ނުވަތަ ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތައް.
އިތުރު އިނާޔަތްތައް:
- މިއެސޯސިއޭޝަނުން ރާވައިހިންގާ މުބާރާތްތަކުގައި އޮފިޝަލެއްގެ ގޮތުގައި ޚަރަކާތްތެރި ވާނަމަ، އެކަމަށް ކަނޑައެޅިފައިވާ އެލަވަންސްތައް ހަމަޖައްސައި ދެވޭނެއެވެ.
- ކުޅިވަރާއި ކުޅިވަރުގެ އެޑްމިނިސްޓްރޭޓިވް ދާއިރާއިން ތައުލީމް އުނގެނުމަށާއި، ޓްރެއިނިންގ ތަކަށް މިއެސޯސިއޭޝަނަށް ލިބޭ އެކި އެކި ފުރުޞަތުތަކަށް ނަންހުށަހެޅުމުގައި މިއެސޯސިއޭޝަނުގެ މުއައްޒަފުންނަށް އިސްކަންދެވޭނެއެވެ.
No.: SAM/2015/IUL/008