ސަމޯއާ ގައި މިހާރު ކުރިއަށްދާ 5 ވަނަ ޔޫތު ކޮމަންވެލްތު ގޭމްސް ގައި 200 މީޓަރ އިންޑިވިޑުއަލް މެޑްލޭގެ ޤައުމީ ރެކޯރޑް މުޙައްމަދު މުޢުތަސިމް އަދްނާން އާކޮށްފިއެވެ. މުޙައްމަދު މުޢުތަސިމް މި ރެކޯރޑް އާކޮށްފައިވަނީ 200 މީޓަރ އިންޑިވިޑުއަލް މެޑްލޭ އިވެންޓް 02:38.24 އިން ފުރިހަމަކޮށްގެންނެވެ.
މީގެކުރިން 200 މީޓަރ އިންޑިވިޑުއަލް މެޑްލޭގެ ޤައުމީ ރެކޯރޑް އާކޮށްފައިވަނީ 2009 ވަނަ އަހަރު ބޭއްވުނު 13 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި މުޖާހިދު މުޙައްމަދެއެވެ. މިއިވެންޓް މުޖާހިދު ނިންމާފައިވަނީ 02:40.58 އިންނެވެ.
މިއީ މިމުބާރާތުގައި ރާއްޖޭގެ ފެތުންތެރިން އާކުރި ޤައުމީ ދެވަނަ ރެކޯރޑެވެ.
National Swimming Squads Sponsored by: