ނިޕޯން ޕެއިންޓް ސްކޫލްކުދިންގެ 13 ވަނަ ފެތުމުގެ މުބާރާތުގެ އިނާމް ދިނުމުގެ ހަފްލާ މާދަމާރޭ ޖަމާލުއްދީން ސްކޫލްގައި
މިއެސޯސިއޭޝަނުގެ ފަރާތުން ބޭއްވި ނިޕޯން ޕެއިންޓް، ސްކޫލްކުދިންގެ ފެތުމުގެ 13 ވަނަ މުބާރާތުގެ މެޑަލް ސެރެމޮނީ އަދި ވަނަވަނައަށް ދިޔަ ސްކޫލްތަކަށް ތައްޓާއި އިނާމް ޙަވާލުކުރުން މި އޮކްޓޯބަރ މަހުގެ 13 ވާ އަންގާރަދުވަހުގެ ރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ހަފްލާ ބޭއްވޭ ތާރީޚާއި ގަޑި: 13 އޮކްޓޯބަރ 2015 ވާ އަންގާރަ ދުވަހުގެރޭ 20:15
ހަފްލާ ބޭއްވޭ ތަން: ޖަމާލުއްދީން ސްކޫލް.
މި ހަފްލާގައި މެޑަލް ދެވޭނެ ލިސްޓް: j.mp/medallist13intschool
މުބާރާތުގެ އިތުރު މަޢުލޫމާތު: swimming.org.mv/?p=2269
ވީމާ، މިމުބާރާތުގައި ބައިވެރިވި ހުރިހާ ސްކޫލްތަކާއި ރާއްޖޭގައި ޚަރަކާތްތެރިވާ ހުރިހާ މީޑިއާއެއްގެ ސަމާލުކަމަށްޓަކައި މިވާހަކަދަންނަވަމެވެ.
މިއަހަރުގެ ސްކޫލްކުދިންގެ ފެތުމުގެ މުބާރާތް ސްޕޮންސަރ ކޮށްދެއްވާފައިވަނީ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސް.ޓީ.އޯ) ގެ ފަރާތުން ރާއްޖޭގައި މާރކެޓްކޮށް ޑިސްޓްރިބިއުޓް ކުރަމުންގެންދާ ނިޕޯން ޕެއިންޓް އިންނެވެ.
Sponsored by: