މިޚަރަކާތް މިހާރު ކެންސަލް ކުރެވިފައިވާ ވާހަކަ ހުރިހާ މެންބަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި ޤައުމީ ކުޅިވަރު އެސޯސިއޭޝަންތައް ގުޅިގެން ނޮވެމްބަރ މަހުގެ 07 ވަނަ ދުވަހު އޮލިމްޕިކް ފެސްޓިވަލްގެ ނަމުގައި ހުޅުމާލޭގައި ފެސްޓިވަލެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ކުޅިވަރު އެސޯސިއޭޝަންތަކުގެ މެންބަރުންނާއި، ރާއްޖޭގެ ހުރިހާ އާންމުންނަށް އާއިލީ ދުވަހެއްގެ ގޮތުގައި ހުޅުވާލެވިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފެސްޓިވަލެކެވެ. މި ފެސްޓިވަލާއި ގުޅިގެން އިތުރު ޚަރަކާތްތަކެއް ނޮވެމްބަރ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
އޮލިމްޕިކް ވީކް ސްޕޯރޓްސް ފެސްޓިވަލްގައި އެންމެންނަށް ބައިވެރިވެވޭގޮތަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ބައެއް ޚަރަކާތްތައް: (7 ނޮވެމްބަރ – ހުޅުމާލެ)
- ސްޕޯރޓްސް ފެސްޓިވަލް (އެކި ކުޅިވަރުތަކާއި އެކު – ހެނދުނުން ހަވީރަށް)
- އޮލިމްޕިކް ޑޭ ރަން – 16:45
- ބައިސްކަލް ރޭސް – 06:30
އޮލިމްޕިކް ވީކްގެ ޙާއްސަ ޚަރަކާތްތައް:
- އޮލިމްޕިކް ވެލިއު އެޑިއުކޭޝަން ޕްރޮގްރާމް (9 ނޮވެމްބަރ – ވިލިނގިލި)
- ޗެޓް ވިތް ޗެމްޕިއަންސް (11 ނޮވެމްބަރ – މާލެ)
މިފެސްޓިވަލް އަދި މިފެސްޓިވަލްއާއި ގުޅިގެން ބޭއްވޭ އެކިއެކި ޚަރަތާކްތަކުގައި މިއެސޯސިއޭޝަން ރިޕްރެޒެންޓް ކުރުމަށް 30 ފެތުންތެރިންގެ ނަން ހުށަހެޅުމުގެ ފުރުޞަތު މިއެސޯސިއޭޝަނަށް ވަނީ ލިބިފައެވެ.
ވީމާ، މިޚަރަކާތްތަކުގައި ބައިވެރިވާން އެދޭ މިއެސޯސިއޭޝަންގެ މެންބަރު ފެތުންތެރިން ތިރީގައިވާ ލިންކްގައިވާ އޮންލައިން ފޯރމް ފުރުއްވުމަށްފަހު 26 އޮކްޓޯބަރ 2015 ވާ ހޯމަ ދުވަހުގެ ރޭގަނޑު 20:00ގެ ކުރިން ސަބްމިޓް ކުރެއްވުން އެދެމެވެ.
މި ފެސްޓިވަލާއި ބެހޭ އިތުރު މަޢުލޫމާތު ހޯދެއްވުމަށް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (ފޯނު: 3346640) އާއި ގުޅުއްވުން އެދެމެވެ.
އޮންލައިން އެޕްލިކޭޝަން ފޯރމް ލިންކް