ނޮވެމްބަރ 29 ން 5 ޑިސެމްބަރަށް ކުރިއަށްދިޔަ މަކީޓާ، ޤައުމީ 40 ވަނަ މުބާރާތުގެ އަންހެން އަދި ފިރިހެން ބައިގެ ޗެމްޕިއަންކަން ނިއު ލެގޫންސް ސްވިމިންގ ކްލަބް ހޯދައިފިއެވެ. މިމުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހަވީރު މާލޭ ސްވިމިންގ ޓްރެކް ސަރަޙައްދުގައެވެ.
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފްވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ވަނީ މުބާރާތުގެ އެކިއެކި ވަނަތަކަށާއި ޚާއްސަ ވަނަތަކަށްވެސް އިނާމްދީފައެވެ. މުބާރާތުގެ އެކި އުމުރުފުރާތަކުން އެއްވަނަ އަންހެން ފެތުންތެރިންނަށާއި އަންހެން ޗެމްޕިއަން ޓީމަށް ތައްޓާއި ފައިސާގެ އިނާމް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބުރާޙީމްއެވެ. މުބާރާތުގެ އެކި އުމުރުފުރާތަކުން އެއްވަނަ ހޯދި ފިރިހެން ފެތުންތެރިންނަށާއި ފިރިހެން ޗެމްޕިއަން ޓީމަށް ތައްޓާއި ފައިސާގެ އިނާމް ޙަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމެވެ.

Makita 40th National Swimming Competition 2015 – Female Champion Team – New Lagoons Swimming Club
ދެވަނަ އަދި ތިންވަނައަށްދިޔަ އަންހެން ފެތުންތެރިންނަށާއި އަންހެން ޓީމްތަކަށް ފައިސާގެ އިނާމާއި ސެޓްފިކެޓްދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެރާޒް ދުންޔާ މައުމޫނެވެ. ތިންވަނަ އަދި ދެވަނައަށް ދިޔަ ފިރިހެންފެތުންތެރިންނަށާއި ފިރިހެން ޓީމްތަކަށް ފައިސާގެ އިނާމާއި ސެޓްފިކެޓް ބައްސަވައިދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޖަމީލެވެ.
މުބާރާތުގެ އެކިއެކި ވަނަތަކަށްދިޔަ ފެތުންތެރިންނާއި ޓީމްތަކުގެ ނަންތައް ތިރީގައެވަނީއެވެ.
Team Winners:
Club Name | Category | Place |
New Lagoon Swimming Club | Team Female | Champion Team |
Maldives Lifeguard Association | Team Female | Runner-Up Team |
Hulhumalé Youth Development Society | Team Female | Second Runner-Up Team |
New Lagoon Swimming Club | Team Male | Champion Team |
Maldives Lifeguard Association | Team Male | Runner-Up Team |
Naadu Sports Club | Team Male | Second Runner-Up Team |
Individual Swimmers – Special Winners
Name | Category | Place |
Hawwa Nasiha | Master’s Female | Best Swimmer |
Aishath Abdulla Didi | Master’s Female | Second Best Swimmer |
Shadiya Hassan | Master’s Female | Third Best Swimmer |
Ibrahim Moosa | Master’s Male | Best Swimmer |
Hussain Thaufeeq | Master’s Male | Second Best Swimmer |
Adil Rasheed | Master’s Male | Third Best Swimmer |
Aminath Shajan | Over 14 Female | Best Swimmer |
Aishath Sajina | Over 14 Female | Second Best Swimmer |
Alya Ali Rasheed | Over 14 Female | Third Best Swimmer |
Nishwan Ibrahim | Over 14 Male | Best Swimmer |
Hassan Ashraf | Over 14 Male | Second Best Swimmer |
Mubal Azzam Ibrahim | Over 14 Male | Second Best Swimmer |
Mohamed Navvar Ibrahim | Over 14 Male | Third Best Swimmer |
Hamna Ahmed | Under 12 Female | Best Swimmer |
Aishath Hulva Khulail | Under 12 Female | Second Best Swimmer |
Brooklynn Hussain | Under 12 Female | Third Best Swimmer |
Hassan Zain | Under 12 Male | Best Swimmer |
Mohamed Raaid Ismail | Under 12 Male | Second Best Swimmer |
Mohamed Sahaaf Saeed | Under 12 Male | Third Best Swimmer |
Aishath Zeeba Hamid | Under 14 Female | Best Swimmer |
Anmau Ahmed Saleem | Under 14 Female | Best Swimmer |
Aminath Zana Shiraz | Under 14 Female | Second Best Swimmer |
Eema Mohamed Fahmee | Under 14 Female | Third Best Swimmer |
Ismail Muthasim Adnan | Under 14 Male | Best Swimmer |
Ali Imaan | Under 14 Male | Second Best Swimmer |
Leevaan Abdul Saththar | Under 14 Male | Third Best Swimmer |
މުބާރާތުގެ އިނާމްދިނުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން ބައެއް މިނިސްޓަރުންނާއި، ފެތުންތެރިންނާއި، ބެލެނިވެރިންނާއި، ކޯޗުންނާއި، އޮފިޝަލުންނާއި، އެސޯސިއޭޝަނުގެ ވެރިންނާއި، އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނާއި މުއައްޒަފުން ބައިވެރިވިއެވެ.
މިމުބާރާތުގެ މެއިން ސްޕޮންސަރއަކީ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަނުން ރާއްޖޭގައި ޑިސްޓްރިބިއުޓްކޮށް މާކެޓްކުރަމުންދާ މަކީޓާ އެވެ.
މުބާރާތުގެ އިތުރު މަޢުލޫމާތު: މުބާރާތުގެ ޕޭޖް
Main Sponsor: