ބާރަ ވަނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާނެ ފެތުންތެރިންގެ ޓީމް ހޮވައިފި

National Squads are Sponsored by:

Sponsor - Arena Banner


އިންޑިއާގެ ގުވަހަތީ އަދި ޝޮލޮންގ ގައި ބޭއްވުމަށް ހަމަޖެހިފައިވާ 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ދިވެހިރާއްޖެ ތަމްޞީލްކުރާނެ ފެތުންތެރިން ހޮވައިފިއެވެ. 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާނެ ފެތުންތެރިން ހޮވުމަށް 14 ޖެނުއަރީ 2016 ވީ ބުރާސްފަތި ދުވަހު ބޭއްވި ޓްރަޔަލްގައި ވާދަކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރ މަހު މިގޭމްސްއަށް ތައްޔާރުވުމަށްޓަކައި އެކުލަވާލެވުނު 16 ފެތުންތެރިންގެ މައްޗަށް ހިމެނޭ ސްކޮޑްގައި ހިމެނޭ ފެތުންތެރިންނެވެ. މިސްކޮޑްގެ ޚާއްސަ ފަރިތަކުރުންތައް މިދިޔަ އަހަރުގެ ޑިސެމްބަރ މަހުންފެށިގެން ހުޅުލޭ އައިލަންޑް ހޮޓަލުގެ ފަތާފެންގަނޑުގައި ވަނީ ކުރިއަށްގެންގޮސްފައެވެ.

2015 ވަނައަހަރުގެ ޖެނުއަރީ މަހުންފެށިގެން ޤައުމީ ސްކޮޑްތަކުގެ ފަރިތަކުރުންތައް ހުއްޓުމެއްނެތި ކުރިއަށްގެންގޮސްފައި ވާކަން މިފުރުޞަތުގައި ފާހަގަކުރަމެވެ.

12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ދިވެހިރާއްޖެ ތަމްޞީލްކުރާ ސްވިމިންގ ޓީމް:

އަންހެން ފެތުންތެރިން:

  1. އައިމިނަތު ޝަޖަން
  2. އާއިޝަތު ސާޖިނާ
  3. އައިޝަތު ސައުސަން
  4. އަންމާޢު އަޙްމަދު ސަލީމް
  5. އާއިޝަތު ހުލްވާ ޚުލައިލް

ފިރިހެން ފެތުންތެރިން:

  1. ނިޝްވާން އިބްރާޙީމް
  2. އިސްމާޢީލް މުޢުތަސިމް އަދްނާން
  3. މުޙައްމަދު ނައްވާރު އިބްރާޙީމް
  4. މުޙައްމަދު ނަޒްރާން ނަޒީރު
  5. ޙަސަން އަޝްރަފް
  6. މުބާލް އައްޒާމް އިބްރާޙީމް

ކޯޗު: އިސްމާޢީލް ފަރުޙާނުު

މެނޭޖަރ:  މަރިޔަމް ނަފްޙާ ޢަލީ

12 ވަނަސައުތު އޭޝިއަން ގޭމްސްގައި ބައިވެރިވާ ފެތުންތެރިން ސްރީލަންކާގައި ތަމްރީންހެދުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސްގެ އެހީތެރިކަމާއިއެކު މިއެސޯސިއޭޝަނުން މިދަނީ ކުރަމުންނެވެ.

ބާރަ ވަނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާނެ ފެތުންތެރިންގެ ޓީމް ހޮވައިފި