ބާރަވަނަ ސައުތު އޭޝިއަން ގޭމްސްއަށް ތައްޔާރުވުމަށް ދިވެހި ފެތުންތެރިން ސްރީލަންކާއަށް ފުރައިފި

National Squads are Sponsored by:

Sponsor - Arena Banner


އިންޑިއާގެ ގުވަހަތީ އަދި ޝޮލޮންގ ގައި ބޭއްވުމަށް ހަމަޖެހިފައިވާ 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ދިވެހިރާއްޖެ ތަމްޞީލްކުރާނެ ފެތުންތެރިން، އިތުރު ތަމްރީންތައް ހެދުމަށް މިއަދު ސްރީލަންކާއަށް ފުރައިފިއެވެ. ސްރީލަންކާގެ ރެއިންބޯ އެކުއެޓިކްސް ކްލަބްގެ އެހީތެރިކަމާއިއެކު މި ތަމްރީންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެ ކްލަބްގެ ސްވިމިންގ ޕޫލްގައި އަދި ސުގަތަދާސާ ސްޓޭޑިއަމްގެ ސްވިމިންގ ޕޫލްގައެވެ.

ރާއްޖޭގެ ޤައުމީ ހެޑް ކޯޗު، އިސްމާޢިލް ފަރުޚާންގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ މި ފަރިތަކުރުންތަކަށް ދިވެހިރާއްޖޭގެ ފެތުންތެރިން ސްރީލަންކާގައި ކޭމްޕް ކޮށްފައި މިވަނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސްގެ ވަރަށްބޮޑު އެހީތެރިކަމަކާއި އެކުގައެވެ.

12 ވަނަ ސައުތު އޭޝިއަން ގޭމްސްއަށް ތައްޔާރުވުމަށް ދިވެހި ފެތުންތެރިންގެ ޓީމް ރާއްޖޭގައިވެސް ވަނީ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ. އެހެން ނަމަވެސް، ވާދަވެރި މުބާރާތްތަކުގައި ރާއްޖެއިން ބޭރުގައި އެންމެ ފުރިހަމަ ގޮތުގައި ވާދަކުރުމަށްޓަކައި ފެންވަރު ރަނގަޅު ވަޞީލަތްތަކާއިއެކު ފްރެޝްވޯޓަރ ސްވިމިންގ ޕޫލްގައި ފަރިތަކުރަން ޖެހެއެވެ. ނަމަވެސް މިފަދަ ވަޞީލަތްތައް އަދި ރާއްޖޭގައި ޤާއިމް ކުރެވިފައެއް ނެތެވެ.

ބާރަވަނަ ސައުތު އޭޝިއަން ގޭމްސްއަށް ތައްޔާރުވުމަށް ދިވެހި ފެތުންތެރިން ސްރީލަންކާއަށް ފުރައިފި