އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ސްޕޯރޓްސް ފޮރ އޯލް ކޮމިޓީއަށް ސްވިމިންގ އެސޯސިއޭޝަންގެ ރައީސް

އޮލިމްޕިކް ކައުންސިލް ފޮރ އޭޝިއާގެ ސްޓޭންޑިންގ ކޮމިޓީއެއް ކަމަށްވާ، ސްޕޯރޓްސް ފޮރ އޯލް ކޮމިޓީގެ މެންބަރުކަން ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް، އަލްފާޟިލް މުޙައްމަދު ޢަބްދުއްސައްތާރަށް ލިބިއްޖެއެވެ. މުޙައްމަދު ޢަބްދުއްސަތާރަށް މި މަޤާމްލިބުނީ، މި ކޮމިޓީތަކަށް ބޭފުޅުން އައްޔަނުކުރުމަށްޓަކައި ނަން ނޮމިނޭޓް ކުރުމަށް އޭޝިއާގެ ހުރިހާ ނެޝަނަލް އޮލިމްޕިކް ކޮމިޓީތަކަށް ލިބުނު ފުރުޞަތުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން ނޮމިނޭޓްކުރެއްވި ނަންތަކުގެ ތެރޭގައި ހިމެނި، އޮލިމްޕިކް ކައުންސިލް ފޮރ އޭޝިއާއިން އައްޔަނުކުރުމުންނެވެ.

މިކޮމިޓީގެ ދައުރު ހަމަވާނީ 2019 ވަނަ އަހަރުގެ ނިޔަލަށެވެ. މުޙައްމަދު ޢަބްދުއްސައްތާރުގެ އިތުރުން ރާއްޖޭގެ އިތުރު 6 މެންބަރުންނެއް އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ އެކި އެކި ސްޓޭންޑިންގ ކޮމިޓީތަކަށް ވަނީ އައްޔަނުކޮށްފައެވެ.

ރާއްޖޭގެ ފަރާތުން އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ސްޓޭންޑިންގ ކޮމިޓީތަކަށް ހޮވުނު ހުރިހާ ފަރާތްތައް:


އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ސްޕޯރޓްސް ފޮރ އޯލް ކޮމިޓީއަށް ސްވިމިންގ އެސޯސިއޭޝަންގެ ރައީސް