News & Announcements

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ފީނާ ވޯރލްޑް އެކުއެޓިކްސް ގަލާ 2016 ގައި ބައިވެރުވުމަށް ފުރައިފި

ބައިނަލްއަޤްވާމީ ފެތުމުގެ ކުޅިވަރުތަކާއިބެހޭ ޖަމުޢިއްޔާ (ފީނާ) އިން ބާއްވާ ފީނާ ވޯރލްޑް އެކުއެޓިކްސް ގަލާ އަދި އެވޯރޑްސް ޑިނަރ 2016 ގައި ބައިވެރިވުމަށް ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް، އަލްފާޞިލް މުޙައްމަދު އަބްދުއްސައްތާރު ހަންގޭރީގެ ބުޑަޕެސްޓްއަށް ފުރައިފިއެވެ. މި ގަލާއަކީ، ފީނާގެ އެކި ޕްރޮގްރާމްތަކާއި ބެހޭ މަޢުލޫމާތާއި، ސްޕޯރޓްސް އިންވެސްޓަރުންނާއި ބައްދަލުކުރުމަށް ފެތުމުގެ ޤައުމީ ސްޕޯރޓްސް އެސޯސިއޭޝަންތަކަށް ފުރުޞަތު ހޯދައިދިނުމަށް ބާއްވާ ގަލާއެކެވެ. 31 ޖެނުއަރީ 2016 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ގަލާއަށްފަހު، ފީނާއިން ހޮވާ ވޭތުވެދިޔަ އަހަރުގެ އެންމެ ކާމިޔާބު ފެތުންތެރިން ހޮވުމަށް ބާއްވާ އެވޯރޑްސް ޑިނަރ ނައިޓްގައި ބައިވެރިވާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

މިއީ ރާއްޖޭގައި ފެތުމުގެ ޚަރަކާތްތައް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށް މުހިންމު މަޢުލޫމާތުތަކެއް ލިބިގެންދާނެ ގަލާއެކެވެ. މިގަލާ ލައިވް ސްޓްރީމް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ލައިވް ސްޓްރީމް ލިންކް: LIVE – FINA World Aquatics Gala “Soirée des Etoiles”

ކަވަރ ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ފީނާ ވޯރލްޑް އެކުއެޓިކްސް ގަލާ 2016 ގައި ބައިވެރުވުމަށް ފުރައިފި