ބާރަވަނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ދިވެހި ފެތުންތެރިން ގުވަހަތީއަށް ދިޔުމަށް ފުރައިފި

National Squads are Sponsored by:

Sponsor - Arena Banner


12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ދިވެހިރާއްޖެ ތަމްޞީލްކުރާނެ ދިވެހިފެތުންތެރިން ގުވަހަތީއަށް ދިޔުމަށް ފުރައިފިއެވެ. މިޓީމްގައި ހިމެނޭ ފެތުންތެރިންގެ ތެރެއިން ސްރީލަންކާގައި ކޭމްޕްކުރި ފެތުންތެރިން ނާއި ކޯޗު އަދި މެނޭޖަރ ފުރާފައިވަނީ ސްރީލަންކާއިންނެވެ. މިގޭމްސްގައި ބައިވެރިވާ ފެތުންތެރިންގެ ތެރެއިން ފީނާ ޓްރެއިނިންގ ސްކޮލަރޝިޕްގެދަށުން ތައިލޭންޑްގެ ހައި ޕްރޮފޮރމަންސް ޓްރެއިނިންގ ސެންޓަރގައި ފަރިތަކުރުންތައް ފުރިހަމަކުރަމުންގެންދާ ސަޖަން އަދި ސާޖިނާ ގުވަހަތީއަށް ދިޔުމަށް ދަތުރުފަށާފައިވަނީ ތައިލެންޑުންނެވެ.

12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ދިވެހިރާއްޖެ ތަމްޞީލްކުރާނީ 10 ފެތުންތެރިންނާއި 1 ކޯޗު އަދި މެނޭޖަރެކެވެ.

12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ދިވެހިރާއްޖެ ތަމްޞީލްކުރާ ސްވިމިންގ ޓީމް:

ކޯޗު: އިސްމާޢީލް ފަރުޙާނުު

މެނޭޖަރ:  މަރިޔަމް ނަފްޙާ ޢަލީ

އަންހެން ފެތުންތެރިން:

  1. އައިމިނަތު ޝަޖަން
  2. އާއިޝަތު ސާޖިނާ
  3. އައިޝަތު ސައުސަން
  4. އަންމާޢު އަޙްމަދު ސަލީމް
  5. އާއިޝަތު ހުލްވާ ޚުލައިލް

ފިރިހެން ފެތުންތެރިން:

  1. އިސްމާޢީލް މުޢުތަސިމް އަދްނާން
  2. މުޙައްމަދު ނައްވާރު އިބްރާޙީމް
  3. މުޙައްމަދު ނަޒްރާން ނަޒީރު
  4. ޙަސަން އަޝްރަފް
  5. މުބާލް އައްޒާމް އިބްރާޙީމް

12 SA Games Team - Departure Pic - With Farey

ބާރަވަނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ދިވެހި ފެތުންތެރިން ގުވަހަތީއަށް ދިޔުމަށް ފުރައިފި