News & Announcements

ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު، ދިވެހި ފެތުންތެރިނާއި ބައްދަލުކޮށްލައްވައިފި

ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު، އަޙްމަދު މުޙައްމަދު ދިވެހިފެތުންތެރިންނާއި ބައްދަލުކޮށްލައްވައިފިއެވެ. 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ދިވެހިރާއްޖެ ތަމްޞީލްކުރުމަށް އިންޑިއާގެ ގްވަހަޓީއަށް ދިޔުމަށް މިހާރު ދަތުރު ފަށާފައިވާ ދިވެހި ފެތުންތެރިންނާއި ސަފީރު ބައްދަލުކޮށްލެއްވީ، އިންޑިއާގެ ނިއުދިއްލީގައެވެ. ނިއުދިއްލީގައި މިހާރު ޓްރާންސިޓްކޮށްފައިވާ ދިވެހި ސްވިމިންގް ޓީމާއި ބައްދަލުކޮށް ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައިިހުންނަވާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ދިވެހި ފެތުންތެރިންނަށް ވަނީ ހިތްވަރުދެއްވާފައެވެ.

12 SA Games - Safeer meets swimmers - tableހޮޓެލް ރަޙްމާން ޕެލަސްގައި މިރޭ ބޭއްވެވި މިބައްދަލުކޮށްލެއްވުވުމުގައި ދިވެހި ސްވިމިންގ ޓީމްގެ ފަރާތުން ޤައުމީ ސްވިމިންގ ޓީމްގެ ހެޑްކޯޗު، އިސްމާޢިލް ފަރުޙާން ދެއްކެވި ވާހަކައިގައި އިންޑިއަން ހައިކޮމިޝަންގެ ފަރާތުން ޤައުމީ ފެތުންތެރިންނަށް ފޯރުކޮށްދެވި އެހީތެރިކަމަށާއި، ދިވެހި ފެތުންތެރިންނާއި ބައްދަލުކޮށް ހިތްވަރުދެއްވިކަމަށްޓަކައި ވަނީ ޝުކުރުދަންނަވާފައެވެ.

12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ދިވެހިފެތުންތެރިންނަށް ގްވަހަތީއަށް ދެވޭނީ މާދަމާ މެންދުރުފަހު 13:00 ގައެވެ.


ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު، ދިވެހި ފެތުންތެރިނާއި ބައްދަލުކޮށްލައްވައިފި