ފްރީސްޓައިލް 200 މީޓަރ އިވެންޓްގެ ޤައުމީ ރެކޯރޑް ސަޖަން އާކޮށްފި

National Squads are Sponsored by:

Sponsor - Arena Banner


އިންޑިއާގެ ގްވަހަތީގައި މިހާރުކުރިއަށްދާ 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ފްރީސްޓައިލް 200 މީޓަރ އިވެންޓްގެ ޤައުމީ ރެކޯރޑް އައިމިނަތު ސަޖަން އާކޮށްފިއެވެ. ސަޖަން މި ޤައުމީ ރިކޯރޑް އާކޮށްފައިވަނީ ފްރީސްޓައިލް 200 މީޓަރ އިވެންޓް 02:25.46 އިން ނިންމައިގެންނެވެ.

މި އިވެންޓަގެ ޤައުމީ ރިކޯރޑް އެންމެފަހުންވެސް އާކޮށްފައިވަނީ ސަޖަންއެވެ. އެއީ 2014 ވަނަ އަހަރު ބޭއްވުނު 20 ވަނަ ކޮމަންވެލްތު ގޭމްސްގައި 02:28.45 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މިއީ މިމުބާރާތުގައި ރާއްޖޭގެ ފެތުންތެރިން އާކުރި 2 ވަނަ ޤައުމީ ރިކޯރޑެވެ. ފުރަތަމަ ޤައުމީ ރިކޯރޑް މިއަދު ހެނދުނު އާކޮށްފައިވަނީ އައިޝަތު ސާޖިނާއެވެ.

ފްރީސްޓައިލް 200 މީޓަރ އިވެންޓްގެ ޤައުމީ ރެކޯރޑް ސަޖަން އާކޮށްފި