News & Announcements

އަންހެނުންގެ 4 ގުނަ 100 މީޓަރ ފްރީސްޓައިލް ރިލޭގެ ޤައުމީ ރެކޯރޑް އާކޮށްފި

National Squads are Sponsored by:

Sponsor - Arena Banner


އިންޑިއާގެ ގްވަހަތީގައި މިހާރުކުރިއަށްދާ 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި އަންހެނުންގެ 4 ގުނަ 100 މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓްގެ ޤައުމީ ރެކޯރޑް އާކޮށްފިއެވެ. މިއިވެންޓްގެ ޤައުމީ ރިކޯރޑް އާކޮށްފައިވަނީ 04:44.87 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

އަންހެނުންގެ 4 ގުނަ 100 މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓްގެ ޤައުމީ ރެކޯރޑް އާކުރި ޓީމުގައި ހިމެނޭ ފެތުންތެރިން:

  • އައިމިނަތު ޝަޖަން
  • އާއިޝަތު ސާޖިނާ
  • އައިޝަތު ސައުސަން
  • އަންމާޢު އަޙްމަދު ސަލީމް
  • އާއިޝަތު ހުލްވާ ޚުލައިލް (ރިޒާރވް)

މި އިވެންޓްގެ ޤައުމީ ރިކޯރޑް އެންމެފަހުން އާކޮށްފައިވަނީ 2004 ވަނަ އަހަރު ބޭއްވުނު 9 ވަނަ ސާފް ގޭމްސްގައި 05:07.64 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މިއީ މިމުބާރާތުގައި ރާއްޖޭގެ ފެތުންތެރިން އާކުރި 3 ވަނަ ޤައުމީ ރިކޯރޑެވެ.

އަންހެނުންގެ 4 ގުނަ 100 މީޓަރ ފްރީސްޓައިލް ރިލޭގެ ޤައުމީ ރެކޯރޑް އާކޮށްފި