އިންޑިއާގެ ގްވަހަތީގައި މިހާރުކުރިއަށްދާ 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ފިރިހެނުންގެ 4 ގުނަ 200 މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓްގެ ޤައުމީ ރެކޯރޑް ދިވެހިރާއްޖޭގެ ސްވިމިންގ ޓީމް އާކޮށްފިއެވެ. މިއިވެންޓްގެ ޤައުމީ ރެކޯރޑް އާކޮށްފައިވަނީ 09:41.96 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
ފިރިހެނުންގެ 4 ގުނަ 200 މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓްގެ ޤައުމީ ރެކޯރޑް އާކުރި ޓީމުގައި ހިމެނޭ ފެތުންތެރިން:
- އިސްމާޢީލް މުޢުތަސިމް އަދްނާން
- މުޙައްމަދު ނަޒްރާން ނަޒީރު
- ޙަސަން އަޝްރަފް
- މުބާލް އައްޒާމް އިބްރާޙީމް
- މުޙައްމަދު ނައްވާރު އިބްރާޙީމް (ރިޒާވް)
މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ 2006 ވަނަ އަހަރު ސްރީލަންކާގެ ކޮލޮންބޯގައި ބޭއްވި 10 ވަނަ ސާފް (ސައުތު އޭޝިއަން) ގޭމްސްގައެވެ. އެފަހަރު ދިވެހި ފިރިހެން ސްވިމިންގ ޓީމް، 4 ގުނަ 200 މިޓަރ ފްރީސްޓައިލް ރިލޭ އިވެންޓް ނިންމާފައިވަނީ 10:10.11 އިންނެވެ.
މިއީ މިމުބާރާތުގައި ރާއްޖޭގެ ފެތުންތެރިން އާކުރި 9 ވަނަ ޤައުމީ ރެކޯރޑެވެ.