12 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ސްވިމިންގ އިވެންޓްތަކުގެ އެންމެ ފަހު ދުވަހުގެ އިވެންޓްތަކުގެ ފައިނަލަށް ރާއްޖޭގެ 3 ފެތުންތެރިން ދަތުރުކޮށްފިއެވެ. ފައިނަލަށް ދަތުރުކޮށްފައިވަނީ ފިރިހެނުންގެ 100 މީޓަރ ފްރީސްޓައިލް އިވެންޓުން އިސްމާޢީލް މުޢުތަސިމް އަދުނާނާއި، މުޙައްމަދު ނަޒްރާން ނަޒީރެވެ. އަދި އަންހެނުންގެ 100 މީޓަރ ފްރީސްޓައިލް އިވެންޓުން އައިމިނަތު ޝަޖަންއެވެ.
މިމުބާރާތުގައި އިއްޔެގެ ނިޔަލަށް ރާއްޖޭގެ ފެތުންތެރިންވަނީ 1 ލޯމެޑަލް ހޯދައި 10 ޤައުމީ ރެކޯރޑެއް އާކޮށްފައެވެ. މިމުބާރާތުގައި ބައިިވެރިވި ސްވިމިންގ ޓީމް މާލެ އައުމަށް ހަމަޖެހިފައިވަނީ 12 ފެބްރުއަރީ 2016 ވާ ހުކުރު ދުވަހުއެވެ.