ފެތުމުގެ ދާއިރާގެ ވަޒީފާގެ ފުރުޞަތު: ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ކޯޗް

sponsors of swimmers development programme:


ސްވިމިންގ އެސޯސިއޭޝަނުން ހިންގާ ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމަށް ކޯޗުން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 25 ފެބްރުއަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިކަމަށްއެދި މިއެސޯސިއޭޝަނަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

  • މަޤާމް: ކޯޗް (ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ފަރިތަކުރުންތަކަށް) – ވަގުތީ
  • ބޭނުންވާ އަދަދު: 3
  • މުސާރަ: 3000.00 (ތިން ހާސް ރުފިޔާ)
  • މަސައްކަތްކުރަންޖެހޭތަން: މާލެ
  • މުއްދަތު: 6 މަސްދުވަސް
  • މަސައްކަތްކުރަންޖެހޭ ވަގުތު: ހަފްތާއަކު 5 ދުވަސް ދުވާލަކު 2 ގަޑިއިރު (ހެނދުނު 06:00 – 07:00 އަދި ހަވީރު 05:00 – 06:00)

މިނިމަމް ފެންވަރު ނުވަތަ ޝަރުތު:

  • ފެތުމުގެ ކޯޗިންގ ކޯސް ފުރިހަމަ ކޮށްފައިވުން.
  • އިނގިރޭސިބަހުން ލިޔަންކިޔަން އެނގުމާއި އަދި ވާހަކަ ދައްކަން އެގުން.
  • އަމިއްލައަށް ޝެޑިއުލް ހަދައިގެން ޓްރެއިނިންގ ސެޝަންތައް ގެންދަން އެނގުން.
  • ސްވިމިންގ ކޯޗިންގ ދާއިރާގައި ޙަރަކާތްތެރި ވުމުގެ ޝައުޤުވެރިކަން ހުރުން.
  • އެސޯސިއޭޝަނުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވެ އެހެންމީހުންނާއެކު ގުޅިގެން މަސައްކަތްކުރެވޭނެ މީހަކަށްވުން.
  • ވަގުތައް ހުރުމަތްތެރިކޮށް ހިތާ މީހަކު ކަމުގައިވުން.
  • ފީނާގެ ގަވައިދުތައް ފެތުންތެރިންނަށް އުގަންނައި ދިނުމުގެ ޤާބިލިއްޔަތުކަން ހުރުން.

ކުރަންޖެހޭ މަސައްކަތް:

  • ކުދިންނަށް ފެތުމުގެ 4 ސްޓްރޯކް ދަސްކޮށްދީ، އެކުދިންނަށް ފެތުމުގެ ކެރިއަރގެ ރަނގަޅު ބިންގަލެއް ގާއިމްކޮށްދިނުން.
  • އެސޯސިއޭޝަނުން އަންގާގޮތެއްގެމަތިން ފަރިތަކުރުންތައް ކުރިއަށްގެންދިޔުން.

ސިޓީއާއިއެކު ހުށަހަޅުއްވަންޖެހޭ ތަކެތި:

  • ތަޢުލީމީ ފެންވަރު އަންގައިދޭ ލިޔެކިޔުންތައް
  • އައިޑެންޓިޓީކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

ނޯޓް: ޕްރޮފޯރމަންސްއަށް ބަލައި، އެގްރިމެންޓް އާކުރުމުގެ ފުރުސަތު ދެވޭނެއެވެ.

ފެތުމުގެ ދާއިރާގެ ވަޒީފާގެ ފުރުޞަތު: ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ކޯޗް