ފީނާ އޮފިޝަލުންގެ ލިސްޓް 2017 އަށް ނަންހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ފިނާގެ 2017 ވަނަ އަހަރުގެ އޮފިޝަލުންގެ ލިސްޓަށް ނަންހުށަހެޅުމުގެ ފުރުޞަތު މިއެސޯސިއޭޝަނަށް ވަނީ ލިބިފައެވެ. ވީމާ، މިކަމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުން މިކަމަށް އެދި 01 ޖޫން 2016 ވާ ބުދަދުވަހުގެ 12:00 ގެ ކުރިން މިއެސޯސިއޭޝަނަށް ސިޓީހުށަހެޅުއްވުން އެދެމެވެ.

ޝަރުތު:

  • ދިވެހި ރައްޔިތެއްކަމުގައިވުން.
  • މިއެސޯސިއޭޝަނުގެ މެންބަރެއްކަމުގައިވުން.
  • ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ސްވިމިންގ އޮފިއޭޓިންގގެ ދާއިރާއިން މިއެސޯސިއޭޝަނަށް ޚިދުމަތްކޮށްދީފައިވުން.

ސިޓީ ހުށަހަޅުއްވަންޖެހޭ އެންމެ ފަހުގެ ތާރީޚް: 01 ޖޫން 2016 ވާ ބުދަދުވަހުގެ 12:00 ގެ ކުރިން.

ސިޓީއާއިއެކު ހުށަހަޅުއްވަންޖެހޭ ތަކެތި:

  • ވަނަވަރު
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑްގެ ކޮޕީ
  • ސްވިމިންގ އޮފިޝަލުންގެ ދާއިރާއިން މިއެސޯސިއޭޝަނަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ ފުރިހަމަ މަޢުލޫމާތު.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

ނަން ފޮނުވުމުގައި އެ އޮފިޝަލެއްގެ ފަރާތުން އޮފިޝިއޭޓިންގގެ ދާއިރާއިން މިއެސޯސިއޭޝަނަށް ކޮށްދީފައިވާ ޚިދުމަތްތަކާއި، އެ ބޭފުޅެއްގެ ފެންވަރަށް ބެލޭނެއެވެ. މިކަމަށް އެދިހުށަހަޅާފަރާތްތަކުގެ ފީނާގެ އޮފިޝަލްސް ލިސްޓް 2017 ގައި ހިމެނުމަށް މިއެސޯސިއޭޝަނުން ފޮނުވާނެނަންތައް ކަނޑައަޅާނީ މިއެސޯސިއޭޝަނުންނެވެ.

our sponsors and partners

ފީނާ އޮފިޝަލުންގެ ލިސްޓް 2017 އަށް ނަންހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން