ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2016 ވަނައަހަރުގެ އަހަރީ ޢާއްމު ޖަލްސާ

މިއެސޯސިއޭޝަންގެ 2015 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާ 3 މާރޗް 2016 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓަށާއި، 2016 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާގެ ޔައުމިއްޔާއަށް އެއްވެސް އިޞްލާޙެއް ހުށަހަޅަން ބޭނުންފުޅުނަމަ، 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރީން ލިޔުމަކުން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ. އަދި، މި އެސޯސިއޭޝަންގެ އަސާސީ ޤަވާޢިދަށް އިސްލާހެއް ހުށަހަޅަން ބޭނުންފުޅުވާނަމަ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރީން ލިޔުމަކުން މިއެސޯސިއޭޝަނަށް ހުށަހަޅުއްވުން އެދެމެވެ.

ވީމާ، މިއެސޯސިއޭޝަނުގެ ހުރިހާ މެންބަރުންގެ މަޢުލޫމާތައްޓަކައި މިވާހަކަ ދަންނަވެމެވެ.


ސްވިމިންގ އެސޯސިއޭޝަނުގެ ދާއިމީ މެންބަރުންނަށް އަހަރީ އާންމު ޖަލްސާއަށް ދަންނަވާ ސިޓީ: Letter to Members

ސްވިމިންގ އެސޯސިއޭޝަންގެ އަސާސީ ޤަވަޢިދު: Asaasee Gavaidhu

ސްވިމިންގ އެސޯސިއޭޝަނުން 2016 ވަނަ އަހަރަށް އެކުލަވާލާފައިވާ ކަލަންޑަރު: Final Calendar 2016

our sponsors and partners

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2016 ވަނައަހަރުގެ އަހަރީ ޢާއްމު ޖަލްސާ