News & Announcements

މަކީޓާ، ސްކޫލްކުދިންގެ ފެތުމުގެ 14 ވަނަ މުބާރާތް އެޕްރީލް 16 ން 22 އަށް

main sponsor

މިއެސޯސިއޭޝަނުގެ ފަރާތުން ބާއްވާ މަކީޓާ، ސްކޫލް ކުދިންގެ ފެތުމުގެ 14 ވަނަ މުބާރާތް 2016 ވަނަ އަހަރުގެ އެޕްރީލް މަހުގެ 16 އިން 22 އަށް، މާލޭ ސްވިމިންގ ޓްރެކްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން އިން ރާއްޖޭގައި މާކެޓްކޮށް ޑިސްޓްރިބިއުޓް ކުރަމުންގެންދާ މަކީޓާ ޕަވަރ ޓޫލްސް އިން ސްޕޮންސަރ ކޮށްފައިވާ، ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ހުޅުވާލެވިގެން ބޭއްވޭ މުބާރާތެކެވެ.

މި މުބާރާތުގައި އަންނަނިވި އުމުރުފުރާތަކާއި، ކެޓަގަރީތަކުގެ އަންހެން އަދި ފިރިހެން ކެޓަގަރީތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

  • 12 އަހަރުން ދަށް
  • 14 އަހަރުން ދަށް
  • 16 އަހަރުން ދަށް
  • 19 އަހަރުން ދަށް
  • ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކެޓަގަރީ

މިމުބާރާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓްތައް:

Event SEN Under 12 Under 14 Under 16 Under 19
25m Freestyle
25m Backstroke
25m Breaststroke
25m Butterfly
50m Freestyle
50m Backstroke
50m Breaststroke
50m  Butterfly
100m Freestyle
100m Backstroke
100m Breaststroke
100m  Butterfly
100m Individual Medley
200m Individual Medley
4x25m. Freestyle Relay
4x25m. Medley Relay
4x25m. Freestyle Mix Relay
4x50m. Freestyle Relay
4x50m. Medley Relay
4x100m. Freestyle Relay

މުބާރާތުގެ ނަން: މަކީޓާ، ސްކޫލް ކުދިންގެ ފެތުމުގެ 14 ވަނަ މުބާރާތް
Makita 14th Inter School Swimming Competition

މުބާރާތް ބާއްވާ ތަން: މާލޭ ސްވިމިންގ ޓްރެކް

މުބާރާތް ބާއްވާ ތާރީޚް: 2016 އެޕްރީލް 16 ން 22 ގެ ނިޔަލަށް

މުބާރާތުގައި ބައިވެރިވުމަށް ފޯރމް ހުށަހަޅަންޖެހޭ ތާރީޚް: 3 އެޕްރީލް 2016 07 އެޕްރީލް 2016

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމާއި އިތުރު މަޢުލޫމާތު: ލިންކް

މި މުބާރާތުގައި ބައިވެރިވާން އެދޭ ސްކޫލްތަކުން އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، މިއެސޯސިއޭޝަނާއި ގުޅުއްވުން އެދެމެވެ.

ފޯނު: 3323429

ފެކްސް: 3314206

އީމެއިލް: info@swimming.org.mv

އިވެންޓް މެނޭޖަރ: މުޙައްމަދު ޝާރިފް (sharif@swimming.org.mv)

our sponsors and partners

cover photo by: Naail Nihaadh

މަކީޓާ، ސްކޫލްކުދިންގެ ފެތުމުގެ 14 ވަނަ މުބާރާތް އެޕްރީލް 16 ން 22 އަށް