News & Announcements

ސްޕީޑޯ ތައިލަންޑް ސްވިމިންގ އޭޖް ގްރޫޕް ޗެމްޕިއަންޝިޕްސް ގައި ޝަޖަން އަދި ސާޖިނާ ބައިވެރިވެއްޖެ

ތައިލަންޑްގައި މިހާރުކުރިއަށް ސްޕީޑޯ ތައިލަންޑް ސްވިމިންގ އޭޖް ގްރޫޕް ޗެމްޕިއަންޝިޕްސް ގައި ރާއްޖޭގެ 2 ފެތުންތެރިން ކަމުގައިވާ އާމިނަތު ސަޖަން އަދި އާއިޝަތު ސާޖިނާ ބައިވެރިވެއްޖެއެވެ.

މި ދެފެތުންތެރިންނަކީ، ދުނިޔޭގެ ފެތުމުގެ ކުޅިވަރުތަކާއިބެހޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާ، ފީނާ އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސްކޮލަރޝިޕްގައި ތައިލަންޑްގެ ތަޔަންނަޕޫރާ ހައި ޕްރޮފޮރމަންސް ޓްރެއިނިންގ ސެންޓަރގައި ފަރިތަކުރުންތައް ފުރިހަމަކުރަމުންދާ 2 ފެތުންތެރިންނެވެ.

މި އެޕްރީލް މަހުގެ 1 ން 5 އަށް، ތައިލަންޑްގެ ޤައުމީ ސްވިމިންގ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތުގައި ރާއްޖޭގެ 2 ފެތުންތެރިން ބައިވެރިވަނީ 19 އަހަރުން މަތީގެ އަންހެން އޯޕަން ކެޓަގަރީގައެވެ.

our sponsors and partners

cover photo: images.mv

ސްޕީޑޯ ތައިލަންޑް ސްވިމިންގ އޭޖް ގްރޫޕް ޗެމްޕިއަންޝިޕްސް ގައި ޝަޖަން އަދި ސާޖިނާ ބައިވެރިވެއްޖެ