ޤައުމީ ރެކޯރޑަކާއިއެކު 200 މީޓަރ އިންޑިވިޑުއަލް މެޑްލޭ އިވެންޓުން ލޯމެޑަލް ސަޖަންއަށް

ތައިލަންޑްގައި މިހާރުކުރިއަށް ސްޕީޑޯ ތައިލަންޑް ސްވިމިންގ އޭޖް ގްރޫޕް ޗެމްޕިއަންޝިޕްސް 200 މީޓަރ އިންޑިވިޑުއަލް މެޑްލޭ (19 އަހަރުން މަތީގެ އަންހެން އޯޕަން ކެޓަގަރީ) ގެ ލޯމެޑަލް ޝަޖަން ހޯދައި، މިއިވެންޓުގެ ރާއްޖޭގެ ޤައުމީ ރެކޯރޑް އާކޮށްފިއެވެ.

އާމިނަތު ސަޖަން 200 މީޓަރ އިންޑިވިޑުއަލް މެޑްލޭ އިވެންޓްގެ ޤައުމީ ރެކޯރޑް އާކޮށް، މި މުބާރާތުން ލޯމެޑަލް ހޯދައިފައިވަނީ 02:54.36 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ 2004 ވަނަ އަހަރު ޕާކިސްތާނުގެ އިސްލާމް އަބާދުގައި ބޭއްވި 09 ވަނަ ސައުތު އޭޝިއަން ފެޑަރޭޝަން ގޭމްސް ގައި އައިޝަތު ސައުސަންއެވެ. ސައުސަން މިރެކޯރޑް އާކޮށްފައިވަނީ 3.00.29 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މި އެޕްރީލް މަހުގެ 1 ން 5 އަށް، ތައިލަންޑްގެ ޤައުމީ ސްވިމިންގ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތުގައި ރާއްޖޭގެ 2 ފެތުންތެރިން ކަމަށްވާ އާއިޝަތު ސާޖިނާ އަދި އާމިނަތު ސަޖަން ބައިވެރިވަނީ 19 އަހަރުން މަތީގެ އަންހެން އޯޕަން ކެޓަގަރީގައެވެ.

our sponsors and partners

ޤައުމީ ރެކޯރޑަކާއިއެކު 200 މީޓަރ އިންޑިވިޑުއަލް މެޑްލޭ އިވެންޓުން ލޯމެޑަލް ސަޖަންއަށް