cover photo: images.mv
ތައިލަންޑްގައި މިހާރުކުރިއަށްދާ ސްޕީޑޯ ތައިލަންޑް ސްވިމިންގ އޭޖް ގްރޫޕް ޗެމްޕިއަންޝިޕްސްގައި އަންހެނުންގެ 200 މީޓަރ ފްރީސްޓައިލް އިވެންޓްގެ ޤައުމީ ރެކޯރޑް އައިމިނަތު ސަޖަން އާކޮށްފިއެވެ. މިއިވެންޓްގެ ޤައުމީ ރެކޯރޑް ސަޖަން އާކޮށްފައިވަނީ 02:25.32 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ ވެސް ސަޖަންއެވެ. އެއީ މިއަހަރު އިންޑިއާގެ ގްވާހަތީގައި ބޭއްވި 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި 200 މީޓަރ ފްރީސްޓައިލް އިވެންޓް 02:25.46 އިން ފުރިހަމަކޮށްގެންނެވެ.
މިމުބާރާތުގައި ސަޖަން ވަނީ މިހާތަނަށް އިންޑިވިޑުއަލް 2 އިވެންޓެއްގެ ޤައުމީ ރެކޯރޑު އާކޮށް، 1 ބްރައުންޒް މެޑަލް ހޯދައިފައެވެ.
our sponsors and partners