News & Announcements

މަކިޓާ، ސްކޫލު ކުދިންގެ ފެތުމުގެ 14 ވަނަ މުބާރާތް މިއަދު ފަށައިފި

ސްވިމިންގ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ، މަކިޓާ، ސްކޫލު ކުދިންގެ ފެތުމުގެ 14 ވަނަ މުބާރާތް މިއަދު ފަށައިފިއެވެ.

މިއަދުން ފެށިގެން މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި މުބާރާތުގައި މާލޭގެ 16 ސްކޫލެއްގެ އިތުރުން ދ. އަތޮޅު މަދްރަސާ އާއެކު ޖުމުލަ 17 ސްކޫލަކުން މި މުބާރާތުގައި ދަރިވަރުން ބައިވެރިކޮށްފައި ވެއެވެ.

އެސްޓިއޯ އިން ރާއްޖެ އެތެރެކުރާ ބްރޭންޑެއް ކަމަށްވާ “މަކިޓާ” ގެ ނަމުގައި ބާއްވާ މި މުބާރާތުގައި 317 ދަރިވަރުން 4 ޢުމުރުފުރާ އެއްގައި ވާދަ ކުރެއެވެ. އެއީ 194 ފިރިހެން ދަރިވަރުންނާއި 123 އަންހެން ދަރިވަރުންނެވެ. މިއަހަރުގެ މުބާރާތް ހުޅުވާލެވިފައިވަނީ 12 އަހަރުންދަށް، 14 އަހަރުންދަށް، 16 އަހަރުންދަށް އަދި 19 އަހަރުން ދަށުގެ ޢުމުރުފުރާތަކަށެވެ.

މުބާރާތުގައި 25 މީޓަރާއި 50 މީޓަރު އަދި 100 މީޓަރާއި 200 މީޓަރު ފްރީސްޓައިލް ރޭސްތަކާއި 25 މީޓަރާއި 50 މީޓަރު އަދި 100 މީޓަރު ބެކްސްޓްރޯކް، ބްރެސްޓް ސްޓްރޯކް، ބަޓަފްލައި ސްޓްރޯކުގެ އިތުރުން 100 މީޓަރާއި 200 މީޓަރުގެ މިޑްލޭ ރޭސްތައް އޮންނާނެއެވެ. މީގެ އިތުރުން ފްރީ ސްޓައިލް އާއި މިޑްލޭ ރިލޭ އާއި މިކްސް ރިލޭ ރޭސް ކުރިޔަށް ދާނެއެވެ.

މި މުބާރާތުގައި މިއަދު ވަނީ 37 އިވެންޓް ނިންމާފައެވެ.

our sponsors and partners

މަކިޓާ، ސްކޫލު ކުދިންގެ ފެތުމުގެ 14 ވަނަ މުބާރާތް މިއަދު ފަށައިފި