News & Announcements

އަންހެނުންގެ ބްރެސްޓް ސްޓްރޯކް 50 މީޓަރު އިވެންޓްގެ ޤައުމީ ރެކޯރޑް ސާޖިނާ އާކޮށްފި

Aishath Sajina with her coach Miguel Lopez

މެލޭސިއާގައި މިހާރުކުރިއަށްދާ 59 ވަނަ މައިލޯ/ޕްރަމް މެލޭސިއަން އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްސް 2016 ގައި އަންހެނުންގެ 50 މީޓަރ ބްރެސްޓް ސްޓްރޯކް އިވެންޓް ގެ ޤައުމީ ރެކޯރޑް އާޢިޝަތު ސާޖިނާ އާކޮށްފިއެވެ. ސާޖިނާ މިރެކޯރޑް އާކޮށްފައިވަނީ 00:38.17 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ ވެސް ސާޖިނާއެވެ. އެއީ މިއަހަރު ކުރީކޮޅު އިންޑިއާގެ ގްވަހާޓީގައި ބޭއްވި 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި 50 މީޓަރ ބްރެސްޓް ސްޓްރޯކް އިވެންޓް 00:39.30 އިން ފުރިހަމަކޮށްގެންނެވެ.

މިއީ ސާޖިނާ މިމުބާރާތުގައި އާކުރި 2 ވަނަ ޤައުމީ ރެކޯރޑެވެ. އަދި މިއިވެންޓްގެ ޤައުމީ ރެކޯރޑް މިހިނގާ 2016 ވަނަ އަހަރުގެ ތެރޭގައި ސާޖިނާ އާކުރި 3 ވަނަ ފަހަރެވެ.

our sponsors and partners

އަންހެނުންގެ ބްރެސްޓް ސްޓްރޯކް 50 މީޓަރު އިވެންޓްގެ ޤައުމީ ރެކޯރޑް ސާޖިނާ އާކޮށްފި