އައްޑޫ ސިޓީ، ސްކޫލްކުދިންގެ ފެތުމުގެ 2 ވަނަ މުބާރާތް މެއި 11 ން 14 އަށް

މިއެސޯސިއޭޝަނުގެ ފަރާތުން ބާއްވާ އައްޑޫ ސިޓީ، ސްކޫލް ކުދިންގެ ފެތުމުގެ 2 ވަނަ މުބާރާތް 2016 ވަނަ އަހަރުގެ މެއި މަހުގެ 11 އިން 14 އަށް، އައްޑޫ ސިޓީ، ހިތަދޫ ސްވިމިންގ ޓްރެކްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ހުޅުވާލެވިގެން އައްޑޫ ސިޓީގައި ބޭއްވޭ މުބާރާތެކެވެ.

މީގެ އިތުރުން، މި މެއި މަހުގެ 09 ން 10ގެ ނިޔަލަށް 10 އަހަރާއި، 8 އަހަރާއި އަދި 6 އަހަރުން ދަށުގެ އުމުރުފުރާތަކުގެ ފެތުންތެރިންނަށް ޙާއްސަކޮށްގެން ބާއްވާ ކިޑްސް ސްވިމިންގ ފެސްޓިވަލްވެސް ބޭއްވުމަށް ވަނީހަމަޖެހިފައެވެ.

މި މުބާރާތުގައި އަންނަނިވި އުމުރުފުރާތަކާއި، ކެޓަގަރީތަކުގެ އަންހެން އަދި ފިރިހެން ކެޓަގަރީތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

  • 12 އަހަރުން ދަށް
  • 14 އަހަރުން ދަށް
  • 16 އަހަރުން ދަށް
  • 19 އަހަރުން ދަށް
  • ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކެޓަގަރީ

މިމުބާރާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓްތައް:

Event SEN Under 12 Under 14 Under 16 Under 19
25m Freestyle
25m Backstroke
25m Breaststroke
25m Butterfly
50m Freestyle
50m Backstroke
50m Breaststroke
50m  Butterfly
100m Freestyle
100m Backstroke
100m Breaststroke
100m  Butterfly
100m Individual Medley
200m Individual Medley
4x25m. Freestyle Relay
4x25m. Medley Relay
4x25m. Freestyle Mix Relay
4x50m. Freestyle Relay
4x50m. Medley Relay
4x100m. Freestyle Relay

މުބާރާތުގެ ނަން: އައްޑޫ ސިޓީ، ސްކޫލްކުދިންގެ ފެތުމުގެ 2 ވަނަ މުބާރާތް
Addu City 2nd Inter School Swimming Competition 2016

މުބާރާތް ބާއްވާ ތަން: އައްޑޫ ސިޓީ ހިތަދޫ ސްވިމިންގ ޓްރެކް

މުބާރާތް ބާއްވާ ތާރީޚް: 2016 މެއި 11 ން 14 އަށް

މުބާރާތުގައި ބައިވެރިވުމަށް ފޯރމް ހުށަހަޅަންޖެހޭ ތާރީޚް: 08 މެއި 2016ގެ 14:00

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމާއި އިތުރު މަޢުލޫމާތު: ލިންކް

މި މުބާރާތުގައި ބައިވެރިވާން އެދޭ ސްކޫލްތަކުން އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، މިއެސޯސިއޭޝަނާއި ގުޅުއްވުން އެދެމެވެ.

ފޯނު: 3323429

ފެކްސް: 3314206

އީމެއިލް: info@swimming.org.mv

our sponsors and partners

އައްޑޫ ސިޓީ، ސްކޫލްކުދިންގެ ފެތުމުގެ 2 ވަނަ މުބާރާތް މެއި 11 ން 14 އަށް