ހއ.ދިއްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ ދިގުފެތުމުގެ 12 ވަނަ މުބާރާތް ބާއްވާ ތާރީޚް ބަދަލުކުރުން

ސްވިމިންގ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މިއަހަރު ހއ.ދިއްދޫގައި ބާއްވަން ހަމަޖެހިފައިވާ ޤައުމީ ދިގުފެތުމުގެ 12 ވަނަ މުބާރާތް ބާއްވާ ތާރީޚަށް ބަދަލުގެނެސް، މި 2016 ވަނަ އަހަރުގެ ޖޫން 3 ން 4 އަށް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ދިއްދޫގައި ބާއްވާ ޤައުމީ 12 ވަނަ ދިގުފެތުމުގެ މުބާރާތުގައި އޮންނާނީ 5 ކިލޯ މީޓަރުގެ ދިގުމިނުގެ ރޭހާއި 1 ކިލޯ މީޓަރުގެ ދިގުމިނުގެ ރޭހެވެ. އަދި ޢުމުރުން 35 އަހަރުން މަތީގެ މީހުންނަށް ޚާއްޞަކޮށް 1 ކިލޯ މީޓަރުގެ ރޭސް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި އަންހެން ފެތުންތެރިންނާއި ފިރިހެން ފެތުންތެރިން ވާދަކުރާނީ ވަކިވަކިންނެވެ.

ޤައުމީ ދިގުފެތުމުގެ މުބާރާތުން އެކި ވަނަތަކަށްދާ ފެތުންތެރިންނަށް ފައިސާގެ އިނާމާއި މެޑެލް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީޚަކީ 2016 މޭމަހުގެ 26 ވަނަ ދުވަހުގެ 14:00 އެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެކަމަށް އެދި މިއެސޯސިއޭޝަނުން ދޫކުރާ ފޯމު ފުރިހަމަކޮށް 2016 މޭ 26 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

މުބާރާތުގެ ޤަވާޢިދާއި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު އެސޯސިއޭޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

މުބާރާތުގެ ޤަވައިދާއި، މުބާރާތުގައި ބައިވެރިވުމަށް އެދޭފޯރމް: 12 ވަނަ ދިގުފެތުމުގެ މުބާރާތުގެ ޕޭޖް

our sponsors and partners

ހއ.ދިއްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ ދިގުފެތުމުގެ 12 ވަނަ މުބާރާތް ބާއްވާ ތާރީޚް ބަދަލުކުރުން