cover photo: images.mv
މެލޭސިއާގައި މިހާރުކުރިއަށްދާ 59 ވަނަ މައިލޯ/ޕްރަމް މެލޭސިއަން އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްސް 2016 ގައި އަންހެނުންގެ 400 މީޓަރ ފްރީސްޓައިލް އިވެންޓް ގެ ޤައުމީ ރެކޯރޑް އާމިނަތު ސަޖަން އާކޮށްފިއެވެ. ސަޖަން މިރެކޯރޑް އާކޮށްފައިވަނީ 05:10.57 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.
މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ ވެސް ސަޖަން އެވެ. އެއީ މިއަހަރު ތައިލަންޑްގައި ބޭއްވި ސްޕީޑޯ ތައިލަންޑް އޭޖް ގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް 2016 ގައި 400 މީޓަރ ފްރީސްޓައިލް އިވެންޓް 05:11.59 އިން ފުރިހަމަކޮށްގެންނެވެ.
މިއީ މިއިވެންޓްގެ ޤައުމީ ރެކޯރޑް މިހިނގާ 2016 ވަނަ އަހަރުގެ ތެރޭގައި ސަޖަން އާކުރި 3 ވަނަ ފަހަރެވެ.
our sponsors and partners