އަލްމަރުޙޫމް މުޙައްމަދު ޒާހިރު ނަޞީރު ނެތި ދިއުމަކީ ދިވެހި ކުޅިވަރަށް ލިބުނު ވަރަށް ބޮޑު ދެރައެއް

zahir naseer giving away medals 2014

ދިވެހި ކުޅިވަރުގެ ބާނީގެ ގޮތުގައި ހިމެނުނު، މ. ފެންފިޔާޒްގޭ އަލްމަރުޙޫމް މުޙައްމަދު ޒާހިރު ނަޞީރު އަވަހާރަވި ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި އިޚްލާޞްތެރި ތައުޒިޔާ އެމަނިކުފާނުގެ ލޮބުވެތި ޢާއިލާގެ މެމްބަރުންނަށާއި ކުޅިވަރުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަމުގައި އަދި ހުރިހާ ފެތުންތެރިންނާއި ފެތުމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ނަމުގައި އަރިސް ކުރަމެވެ.

މަރުޙޫމް މުޙައްމަދު ޒާހިރު ނަޞީރަކީ ރާއްޖޭގެ ކުޅިވަރު ކުރިއަރުވައި ކުޅުންތެރިން ބިނާކުރުމަށާއި ކުޅިވަރުގެ ދާއިރާގައި ޙަރަކާތްތެރިވާ ކޯޗުންނާއި އަމްޕަޔަރުންނާއި މެޗް އޮފިޝަލުން އުފެއްދުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވައި ދިވެހި ޤައުމަށް އަގުހުރި ޚިދުމަތްތަކެއް އެކި ދާއިރާތަކުން ކޮށްދެއްވާފައިވާ ދިވެހި ދަރިއެކެވެ.

މަރްހޫމް މުޙައްމަދު ޒާހިރު ނަޞީރު ރާއްޖޭގައި ކުޅިވަރުތަރައްޤީ ކުރައްވައި ޒަމާނީ ކުރެއްވުމަށް ކުރެއްވި މަސައްކަތުގެތެރޭގައި ފެތުމުގެ ކުޅިވަރުތައް ހިމެނިގެން ދިޔަކަމީ މި އެސޯސިއޭޝަނަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް ކަން މިފުރުޞަތުގައި ފާހަގަ ކުރަމެވެ.

މަރުޙޫމް މުޙައްމަދު ޒާހިރު ނަޞީރުގެ ޤައުމީ ޚިދުމަތަކީ ފަނޑުވެގެންދާނެ ޚިދުމަތެއް ނޫނެވެ. އަދި އެޚިދުމަތުގެ އަގަކީ ފަސޭހައިން އަދާ ކުރެވޭނެ އަގެއްވެސް ނުމެނޫންމެއެވެ.

މަރުޙޫމް މުޙައްމަދު ޒާހިރު ނަޞީރުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރު ކުރައްވައި ބަރުޒަޚް ތަނަވަސް ކޮށްދެއްވުންއެދި ދުޢާ ދަންނަވަމެވެ.


our sponsors and partners

އަލްމަރުޙޫމް މުޙައްމަދު ޒާހިރު ނަޞީރު ނެތި ދިއުމަކީ ދިވެހި ކުޅިވަރަށް ލިބުނު ވަރަށް ބޮޑު ދެރައެއް