ޤައުމީ ދިގުފެތުމުގެ 12 ވަނަ މުބާރާތް ހއ. ދިއްދޫގައި ފަށައިފި

HA.Dhidhdhoo Swimming Area

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ހއ. ދިއްދޫ ކައުންސިލާއި ކުލަބް ޖަމްޢިއްޔާތައް ގުޅިގެން ބާއްވާ ޤައުމީ ދިގުފެތުމުގެ 12 ވަނަ މުބާރާތް ހއ. ދިއްދޫގައި މިއަދު ފަށައިފިއެވެ.

75 ފެތުންތެރިންނާއެކު ދިއްދޫގައި ފެށި މިމުބާރާތުގެ ހެނދުނުގެ ދަންފަޅީގައި ވަނީ 1 ކިލޯ މީޓަރުގެ ރޭހުގެ ފިރިހެނުންގެ ކެޓަގަރީ އާއި އަންހެނުންގެ ކެޓަގަރީ ބާއްވާފައެވެ. އަދި 35 އަހަރުން މަތީ ޢުމުރުގެ މީހުންނަށް ވާދަކުރެވޭ ގޮތަށް އޮންނަ 1 ކިލޯމީޓަރުގެ ރޭހުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ އިވެންޓްތައްވެސް ވަނީ ހެނދުނުގެ ދަންފަޅީގައި ބާއްވާފައެވެ.

މި މުބާރާތުގަައި މެންދުރުފަހު ދަންފަޅީގައި އޮންނާނީ 5 ކިލޯ މީޓަރުގެ ރޭސްތަކެވެ. މި ރޭސްތަކުގައި ފިރިހެނުންގެ ބައިގައި 15 ފެތުންތެރިން އަދި އަންހެނުންގެ ބައިގައި 8 ފެތުންތެރިން ވާދަ ކުރާނެއެވެ.

ދިއްދޫގައި ކުރިޔަށްދާ މި މުބާރާތުގައި ދިއްދޫން 45 ފެތުންތެރިން ވާދަ ކުރެއެވެ.

މި މުބާރާތުގެ 1 ކިލޯމީޓަރުގެ ފިރިހެނުންގެ ރޭހުން 1  ވަނަ ހޯދާފައިވަނީ ގ. ނައިޓް ޑްރީމް ލީވާން ޢަބްދުއްސައްތާރު އެވެ. 2 ވަނަ ހޯދާފައިވަނީ ހއ. ދިއްދޫ ޕެނަމާ ހައުސް ޙުސައިން ޝާހު އެވެ. 3 ވަނަ ހޯދާފައިވަނީ ހއ. ދިއްދޫ ހުދުއަސުރުމާގޭ މުޙައްމަދު ޝާފިޢު އެވެ. 1 ކިލޯމީޓަރު ރޭހުން އަންހެނުންގެ ތެރެއިން 1 ވަނަ ހޯދާފައިވަނީ ގ. ޕެމީލިއާ ޢާއިޝަތު ޒީބާ ޙާމިދު އެވެ. 2 ވަނަ ހޯދާފައިވަނީ ހ. ފާލަންދޮށުގެއާގޭ އީމާ މުޙައްމަދު ފަހުމީ އެވެ. 3 ވަނަ ހޯދާފައިވަނީ މއ. ފްރީ ޕާކް ޖުމައިރާ އާމިނަތު ޢާމިރު އެވެ. 35 އަހަރުން މަތީގެ ޢުމުރު ފުރާ އަށް އަމާޒުކޮށް ބޭއްވި މާސްޓާސް 1 ކިލޯމީޓަރުގެ ރޭހުން ފިރިހެނުންގެ ތެރެއިން 1 ވަނަ ހޯދާފައިވަނީ މއ. ލޭކްވުޑް އަޙްމަދު ފިރާސް ޢަފީފް އެވެ. 2 ވަނަ ހޯދާފައިވަނީ ހއ. ދިއްދޫ ބަގީޗާގޭ އާދަމް ޝަފީޤް އެވެ. 3 ވަނަ ހޯދާފައިވަަނީ ގދ. ގައްދޫ ކުންނާރުމާގޭ މުޙައްމަދު ޒާހިދު އެވެ. އަންހެނުންގެ ބައިން 1 ވަނަ ހޯދާފައިވަނީ ޅ. ނައިފަރު ދުންފިނިގޭ ޚަދީޖާ ޢީސާ އެވެ. 2 ވަނަ ހޯދާފައިވަނީ މ. ނިންފަރު އަޒްލީނާ ރަޝީދު އެވެ. 3 ވަަނަ ހޯދާފައިވަނީ ހއ. ދިއްދޫ ރޯޝަނީގޭ ޞަބީޙާ އާދަމް އެވެ.

HA.Dhidhdhoo Swimming Area – Officials


our sponsors and partners

ޤައުމީ ދިގުފެތުމުގެ 12 ވަނަ މުބާރާތް ހއ. ދިއްދޫގައި ފަށައިފި