ފަސްކިލޯމީޓަރުގެ ރޭހުން 1 ވަނަ މުބާލް އަށާއި ސައުސަން އަށް

mubal & sausan receiving their awards

ޤައުމީ ދިގުފެތުމުގެ 12 ވަނަ މުބާރާތުގެ 5  ކިލޯ މީޓަރު ރޭހުން 1 ވަނަ ހ. ސްނޫޕީ މުބާލް ޢައްޒާމް އިބްރާހީމް އާއި، ހ. ކެލާމާގޭ ޢާއިޝަތު ސައުސަން ހޯދައިފިއެވެ.

ހއ. ދިއްދޫ ފަޅުތެރޭގައި ކުރިޔަށް ދިޔަ ޤައުމީ ދިގުފެތުމުގެ 12 ވަނަ މުބާރާތުގެ 5 ކިލޯމީޓަރުގެ ރޭހުން މުބާލް ޢައްޒާމް އިބްރާހީމް 1 ވަނަ ހޯދީ 1 ގަޑީއިރާއި 23 މިނިޓް 9 ސިކުންތުން ރޭސް ފުރިހަމަކޮށް، 14 ފެތުންތެރިންނާއި ވާދަކޮށްގެންނެވެ. ޢާއިޝަތު ސައުސަން 1 ވަނަ ހޯދީ 1 ގަޑިއިރާއި 39 މިނިޓް 45 ސިކުންތުން ރޭސް ފުރިހަމަކޮށް، 7 ފެތުންތެރިންނާ  ވާދަކޮށްގެންނެވެ.

5 ކިލޯމީޓަރު ރޭހުން ފިރިހެނުންގެ ކެޓަގަރީން 2 ވަނަ ހޯދީ މއ. ކަނބާލިފަރު ޙަސަން އަޝްރަފް އެވެ. 3 ވަނަ ހޯދީ ހ. ރީތި ހިޔާ އަންވަރު ޙުސައިން އެވެ. އަންހެނުންގެ ކެޓަގަރީން 2 ވަނަ ހޯދީ ހ. ފަތިހުގެ ތަރި ހަމްނާ އަޙްމަދު އެވެ. 3 ވަނަ ހޯދީ މއ. ރަންކޮކާގޭ ޢާއިޝަތު އަންހާ ހައިޝަމް އެވެ.

5 ކިލޯމީޓަރުގެ ރޭހުގައި ވާދަކުރި އަންހެން އަދި ފިރިހެން ފެތުންތެރިންވެސް ވަނީ ރޭސް ފުރިހަމަ ކޮށްފައެވެ. އަދި 35 އަހަރުން މަތީގެ މީހުންނަށް ބޭއްވި މާސްޓާޒް 1 ކިލޯމީޓަރު ރޭހުގައި ބައިވެރިވި ހުރިހާ ފެތުންތެރިންވެސް ވަނީ ރޭސް ފުރިހަމަ ކޮށްފައެވެ. 1 ކިލޯމީޓަރު އޯޕަން ރޭހުގައި ބައިވެރިވި އަންހެން ފެތުންތެރިއަކާއި ފިރިހެން ފެތުންތެރިއަކު ރޭސް ފުރިހަމަ ނުކުރެވި ރޭހުގެ މެދުތެރެއިން ރޭހުން ވަކިވެފައި ވެއެވެ.

ޤައުމީ ދިގުފެތުމުގެ 12 ވަނަ މުބާރާތުގެ އެކިއެކި ވަނަތަކަށް ދިޔަ ފެތުންތެރިންނަށް އިނާމާއި މެޑެލް އަދި ތަށި ޙަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖްލީހުގެ ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު މުޙައްމަދު ލަޠީފް އެވެ.

މި މުބާރާތުގެ 1 ކިލޯމީޓަރުގެ ފިރިހެނުންގެ ރޭހުން 1  ވަނަ ހޯދާފައިވަނީ ގ. ނައިޓް ޑްރީމް ލީވާން ޢަބްދުއްސައްތާރު އެވެ. 2 ވަނަ ހޯދާފައިވަނީ ހއ. ދިއްދޫ ޕެނަމާ ހައުސް ޙުސައިން ޝާހު އެވެ. 3 ވަނަ ހޯދާފައިވަނީ ހއ. ދިއްދޫ ހުދުއަސުރުމާގޭ މުޙައްމަދު ޝާފިޢު އެވެ. 1 ކިލޯމީޓަރު ރޭހުން އަންހެނުންގެ ތެރެއިން 1 ވަނަ ހޯދާފައިވަނީ ގ. ފެމީލިއާ ޢާއިޝަތު ޒީބާ ޙާމިދު އެވެ. 2 ވަނަ ހޯދާފައިވަނީ ހ. ފާލަންދޮށުގެއާގޭ އީމާ މުޙައްމަދު ފަހުމީ އެވެ. 3 ވަނަ ހޯދާފައިވަނީ މއ. ފްރީ ޕާކް ޖުމައިރާ އާމިނަތު ޢާމިރު އެވެ. 35 އަހަރުން މަތީގެ ޢުމުރު ފުރާ އަށް އަމާޒުކޮށް ބޭއްވި މާސްޓާސް 1 ކިލޯމީޓަރުގެ ރޭހުން ފިރިހެނުންގެ ތެރެއިން 1 ވަނަ ހޯދާފައިވަނީ މއ. ލޭކްވުޑް އަޙްމަދު ފިރާސް ޢަފީފް އެވެ. 2 ވަނަ ހޯދާފައިވަނީ ހއ. ދިއްދޫ ބަގީޗާގޭ އާދަމް ޝަފީޤް އެވެ. 3 ވަނަ ހޯދާފައިވަަނީ ގދ. ގައްދޫ ކުންނާރުމާގޭ މުޙައްމަދު ޒާހިދު އެވެ. އަންހެނުންގެ ބައިން 1 ވަނަ ހޯދާފައިވަނީ ޅ. ނައިފަރު ދުންފިނިގޭ ޚަދީޖާ ޢީސާ އެވެ. 2 ވަނަ ހޯދާފައިވަނީ މ. ނިންފަރު އަޒްލީނާ ރަޝީދު އެވެ. 3 ވަަނަ ހޯދާފައިވަނީ ހއ. ދިއްދޫ ރޯޝަނީގޭ ޞަބީޙާ އާދަމް އެވެ.

75 ފެތުންތެރިންނާއެކު ދިއްދޫގައި ކުރިޔަށް ދިޔަ މިމުބާރާތުގެ ހެނދުނުގެ ދަންފަޅީގައި އޮތީ 1 ކިލޯ މީޓަރުގެ ރޭހާއި 1 ކިލޯމީޓަރ މާސްޓާޒް ރޭހެވެ. މި މުބާރާތުގަައި މެންދުރު ފަހު ދަންފަޅީގައި ބޭއްވީ 5 ކިލޯ މީޓަރުގެ ރޭސްތަކެވެ. މި ރޭސްތަކުގައި ފިރިހެނުންގެ ބައިގައި 15 ފެތުންތެރިން އަދި އަންހެނުންގެ ބައިގައި 8 ފެތުންތެރިން ވާދަ ކުރިއެވެ. ދިއްދޫގައި ކުރިޔަށްދިޔަ މި މުބާރާތުގައި ދިއްދޫން 45 ފެތުންތެރިން ވާދަ ކޮށްފައި ވެއެވެ.

މުބާރާތް ނިންމުމުގެރަސްމިއްޔާތުގައި ދިއްދޫ ކައުންސިިލްގެ ރައީސް އާއި ނައިބްރައީސް އަދި ކައުންސިލްގެ މެމްބަރުންނާއި ސްވިމިންގ އެސޯސިއޭޝަންގެ ރައީސް އާއި ނައިބްރައީސް އަދި މުބާރާތުގެ ބައިވެރިންނާއި އޮފިޝަލުން ބައިވެރިވިއެވެ.

HA.Dhidhdhoo Swimming Area


our sponsors and partners

ފަސްކިލޯމީޓަރުގެ ރޭހުން 1 ވަނަ މުބާލް އަށާއި ސައުސަން އަށް