News & Announcements

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ ގެ މަޤާމަށް ޝާރިފް އައްޔަނުކޮށްފި

mohamed sharif (photo by: hussain solah)


Sharif has been appointed as the General Secretary of Swimming Association of Maldives

Mohamed Sharif has been appointed as the General Secretary of Swimming Association of Maldives.

The former athlete that has represented Maldives at various International Competitions and has renewed national records was appointed by the current president of Swimming Association, Mohamed Abdul Sattar that was elected for a new term in last May. With the help of Maldives Olympic Committee, Sharif has been undertaking higher studies in the field of sports since 2014 and was the General Secretary of the Association in the last term from July 2013 onward.

General Secretary of Swimming Association is appointed by the president of Association with the counsel of the elected Executive Committee and is a full member of Executive Committee of Swimming Association of Maldives.

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމަށް މުޙައްމަދު ޝާރިފް އައްޔަނުކޮށްފިއެވެ.

މިދިޔަ ދައުރުގައިވެސް މި މަޤާމުގައި ހުރި ޝާރިފް އަކީ، ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްޞީލްކޮށް، ޤައުމީ ރެކޯރޑް އާކޮށްފައިވާ ރިޓަޔަރޑް ފެތުންތެރިއެކެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެހީތެރިކަމާއިއެކު ކުޅިވަރުގެ ދާއިރާއިން މަތީތަޢުލީމް ޙާސިލްކުރަމުންދާ ޝާރިފް މިމަޤާމަށް އައްޔަނުކޮށްފައިވަނީ މިއެސޯސިއޭޝަނުގެ ރައީސް މަޤާމަށް އިތުރު ދައުރަކަށް އިންތިޚާބުކުރި މުޙައްމަދު އަބްދުއްސައްތާރެވެ.

އެގްޒެކެޓިވް ކޮމިޓީގެ ލަފާގެމަތީން އެސޯސިއޭޝަނުގެ ރައީސް އައްޔަނުކުރާ ޖެނެރަލް ސެކްރެޓަރީ އަކީ، އެގްޒެޓިވް ކޮމިޓީގެ މެންބަރަކަށް ލިބިފައިވާ ބާރުތަކާއިއެކު، އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެކެވެ. ކުރިއަށް އޮތް ހަތަރު އަހަރުދުވަހުގެ ދައުރަށް ސްވިމިންގ އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީ އިންތިޚާބުކޮށްފައިވަނީ މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހުއެވެ.


our sponsors and partners

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ ގެ މަޤާމަށް ޝާރިފް އައްޔަނުކޮށްފި