ހަ ރަންވަންލޯ މެޑަލް ހޯދައި، ދެ ޤައުމީ ރިކޯރޑު އާކޮށްފި: ސައުތު އޭޝިއަން އެކުއަޓިކް ޗެމްޕިއަންޝިޕްސް

aishath sajina with bronze medal, 50m breaststroke, 1st south asian aquatic championships

މިހާރު ސްރީލަންކާގެ ކޮލޮންބޯގައި ކުރިއަށްދާ ސައުތު އޭޝިއަން އެކުއަޓިކް ސްވިމިންގ ޗެމްޕިއަންޝިޕްސްގެ ފުރަތަމަދުވަހު ދިވެހިރާއްޖެއިން ހަ ރަންވަންލޯ މެޑަލްހޯދައި، 2 ޤައުމީ ރެކޯރޑު އާކޮށްފިއެވެ.

ދިވެހިރާއްޖެ ރަންވަންލޯ މެޑަލް ހޯދި އިވެންޓްތަކާއި، ފެތުންތެރިންގެ ނަންތައް:

50 މީޓަރ ބްރެސްޓްސްޓްރޯކް، 18 އަހަރުން މަތި އަންހެން، ރަންވަންލޯ މެޑަލް.

  • އައިޝަތު ސާޖިނާ

4 ގުނަ 100 މީޓަރ މިޑްލޭ ރިލޭ، 15 އަހަރުން ދަށް އަންހެން، ރަންވަންލޯ މެޑަލް.

  • ހަމްނާ އަޙްމަދު
  • އައިޝަތު ހުލްވާ ޚުލައިލް
  • އީމާ މުޙައްމަދު ފަޙުމީ
  • އައިޝަތު އުލްޔާ ޝާއިޤް

4 ގުނަ 100 މީޓަރ މިޑްލޭ ރިލޭ، 18 އަހަރުން ދަށް އަންހެން، ރަންވަންލޯ މެޑަލް.

  • އައިމިނަތު ޒާނާ ޝިރާޒް
  • ޢައިޝަތު ތުޙުފާ ނާޒިމް
  • އަންމާޢު އަޙްމަދު ސަލީމް
  • ފާތިމަތު ޒުހާ ޒިޔާދު

4 ގުނަ 100 މީޓަރ މިޑްލޭ ރިލޭ، 18 އަހަރުން މަތި އަންހެން، ރަންވަންލޯ މެޑަލް.

  • އައިމިނަތު އަޒްކާ ޢާދިލް
  • އައިޝަތު ސާޖިނާ
  • އައިޝަތު ސައުސަން
  • އައިމިނަތު ޝަޖަން

4 ގުނަ 100 މީޓަރ މިޑްލޭ ރިލޭ، 15 އަހަރުންދަށް މިކްސްޑް، ރަންވަންލޯ މެޑަލް.

  • ޢަލީ އިންމާން
  • އައިޝަތު ހުލްވާ ޚުލައިލް
  • ޙަސަން ޒައިން
  • ހަމްނާ އަޙްމަދު

4 ގުނަ 100 މީޓަރ މިޑްލޭ ރިލޭ، 18 އަހަރުން މަތި، މިކްސްޑް، ރަންވަންލޯ މެޑަލް.

  • ޙަސަން އަޝްރަފް
  • އައިޝަތު ސާޖިނާ
  • މުޙައްމަދު ނަޒްރާން ނަޒީރު
  • އައިމިނަތު ޝަޖަން

އައިޝަތު ސާޖިނާ ވަނީ 50 މީޓަރ ބްރެސްޓްސްޓްރޯކް އިން ޤައުމީ ރެކޯރޑް އާކޮށްފައެވެ. ސާޖިނާ ޤައުމީ ރެކޯރޑް އާކޮށްފައިވަނީ، 00:37.98 ން އިވެންޓް ފުރިހަމަކޮށްގެންނެވެ. މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ ވެސް ސާޖިނާއެވެ. އެއީ، މިއަހަރު މެލޭޝިއާގައި ބޭއްވުނު 59 ވަނަ މައިލޯ، ޕެރަމް މެލޭޝިއަން އޯޕަން ސްވިމިންގ ގައި ވާދަކޮށް 00:38.17 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

ދިވެހި ފެތުންތެރިން ވަނީ އިތުރު އެއް ރެކޯރޑް އާކޮށްފައެވެ. އެއީ، 4 ގުނަ 100 މިޑްލޭ ރިލޭ، މިކްސްޑް ރޭސް 05:26.02 އިން ފުރިހަމަކޮށްގެންނެވެ. އި އިވެންޓް މީގެ ކުރިން އެންމެ ބާރަށް ފަތާފައިވަނީ 05:52.95 އިންނެވެ. ރިކޯރޑް އާކުރި ރިލޭ ޓީމްގައި ހިމެނޭ ފެތުންތެރިންނަކީ:

  • ޙަސަން އަޝްރަފް
  • އައިޝަތު ސާޖިނާ
  • މުޙައްމަދު ނަޒްރާން ނަޒީރު
  • އައިމިނަތު ޝަޖަން

our sponsors and partners

ހަ ރަންވަންލޯ މެޑަލް ހޯދައި، ދެ ޤައުމީ ރިކޯރޑު އާކޮށްފި: ސައުތު އޭޝިއަން އެކުއަޓިކް ޗެމްޕިއަންޝިޕްސް