މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް ފޮރ ސްޕޯރޓްސްގެ ފަރާތުން 2017 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ޑިޕްލޮމާ އިން ސްޕޯރޓްސް މެނޭޖްމަންޓް ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
ކޯހާއި ބެހޭ މަޢުލޫމާތު:
- ކޯހުގެ ނަން: ޑިޕްލޮމާ އިން ސްޕޯރޓްސް މެނޭޖްމަންޓް
- މުއްދަތު: 1 އަހަރު ދުވަސް
- ކޯހުގެފީ: ހިލޭ
- ކޯސް ހިންގާނެ ތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސް، މާލެ
- ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:
- އުމުރުން 20 އަހަރު ފުރި، އޯލެވެލް އިމްތިހާން ފުރިހަމަކޮށްފައިވުމާއިއެކު ކުޅިވަރާއި ގުޅުންހުރި ދާއިރާއަކުން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އުމުރުން 20 އަހަރު ފުރިފައުވުމާއިއެކު ލެވެލް 4ގެ ސަނަދެއް ޙާސިލްކޮށްފައިވުން. ނުވަތަ،
- ސްޕޯރޓްސް މެނޭޖްމަންޓް ދާއިރާއިން ލެވެލް 4 ފުރިހަމަކޮށްފައިވުން ނުވަތަ ސްޕޯރޓްސް މެނޭޖްމަންޓްއާއި ގުޅޭ ދާއިރާއަކުން ލެވެލް 4ގެ ފާހެއް ޙާސިލްކޮށްފައިވުން. ނުވަތަ،
- ޖީ.ސީ.އީ އޭލެވެލް ފުރިހަމަކޮށްފައިވުން.
- ކޯހަށް ވަނުމަށް އެދޭފޯރމް: ޑައުންލޯޑް ލިންކް
- އިތުރު މަޢުލޫމާތު: info@mnis.gov.mv ފޯނު: 3326986
ވީމާ، މިކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ބޭފުޅުން، 12 ޖެނުއަރީ 2017 ވަނަދުވަހުގެ 14:00ގެ ކުރިން މިކޯހަށް ވަނުމަށް އެދޭ ފޯރމް ފުރިހަމަކުރުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއިއެކު މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް ފޮރ ސްޕޯރޓްސްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
our sponsors and partners