ވޯރލްޑް ކެންސަރ ޑޭ: ދިވެހިރާއްޖޭގެ ޤައުމީ ފެތުންތެރިންނާއިއެކު ފަތާލުމުގެ ފުރުޞަތު

photo by: images.mv

ބައިނަލްއަޤްވާމީ ކެންސަރ ދުވަސް ފާހަގަކުރުމުގެ ގޮތުން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން ހިންގާ ޚަރަކާތްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ޤައުމީ ފެތުމުގެ ސްކޮޑްތަކުގެ ފެތުންތެރިންނާއިއެކު ފަތާލުމުގެ ފުރުޞަތު ހުރިހާ ފަރާތްތަކަށްވެސް ވަނީ ހުޅުވާލެވިފައެވެ.

ރާއްޖޭގެ އެހެން ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރުގައި ޚަރަކާތްތެރިވާ ފަރާތްތަކުގެ ޚަރަކާތްތައްވެސް ހިމެނޭގޮތަށް، 4 ފެބްރުއަރީ 2017 ވާ ހޮނިހިރު ދުވަހުގެ 16:00 ގައި ސަޕޯރޓް ތްރޫ ސްޕޯރޓްސްގެ ނަމުގައި މި ހިންގާ ޚަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ރަސްފަންނުގައި އަދި ހެންވޭރު ސްޓޭޑިއަމްގައެވެ. މީގެތެރެއިން ފެތުމުގެ ޚަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވަނީ ރަސްފަންނުގައެވެ.

Event Poster

Social Media Campaign

މީގެ އިތުރުން، ސޯޝަލް މީޑިއާ ކެންޕެއިނެއްވެސް މިދުވަހާއި ގުޅިގެން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ކެންޕެއިންގައި ބޭނުންކުރުމަށް ޚާއްސަ ހޭޝްޓެގްއެއްވެސް ވަނީ ތައާރަފްކޮށްފައެވެ.

social media campaign hashtag:

#WeCanICan

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ވޯރލްޑް ކެންސަރ ޑޭ ފާހަގަކުރުމަށާއި އާންމުން ކެންސަރާއިމެދު ހޭލުންތެރިކުރުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް ވޯރލްޑް ކެންސަރ ޑޭ އާއި ގުޅުވައިގެން ޓީޝާރޓް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. 150 ރުފިޔާއަށް ވިއްކުމަށް ހަމަޖެހިފައިވާ މި ޓީޝާރޓް ލެކިއުޓް އިން (މައްޗަންއަނގޮޅި، މަޖީދީމަގު، ޗާންދަނީމަގު ކައިރި) އިން ލިބިވަޑައިގަންނަވާނެއެވެ. ވީހާވެސް ގިނަބަޔަކު މި ޓީޝާރޓް ބައްލަވައިގަތުމަކީ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ވަރަށްބޮޑު އެދުމެކެވެ.

ސަޕޯރޓް ތްރޫ ސްޕޯރޓްސް އިވެންޓްގެ މަޢުލޫމާތު:

  • އިވެންޓުގެ ނަން: ވޯލްޑް ކެންސަރ ޑޭ: ސަޕޯރޓް ތްރޫ ސްޕޯރޓްސް
  • ފެތުމުގެ ޚަރަކާތްތައް ބޭއްވޭ ތަން: ރަސްފަންނު
  • ތާރީޚް: 4 ފެބްރުއަރީ 2017، ހޮނިހިރު
  • ފެތުމުގެ ޚަރަކާތްތައް ކުރިއަށްގެންދާނެ ގަޑި: 16:00 ން 17:00 އަށް

our sponsors and partners

ވޯރލްޑް ކެންސަރ ޑޭ: ދިވެހިރާއްޖޭގެ ޤައުމީ ފެތުންތެރިންނާއިއެކު ފަތާލުމުގެ ފުރުޞަތު