ޕްރީ އެންޑް ޕޯސްޓް ރީހެބް ޕާރޓްނަރ އަކަށް ފިޓް4ލައިފް ހަމަޖައްސައިފި

mohamed abdul sattar (right) and mohamed fayaz ali (fihtte)

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޕްރީ އެންޑް ޕޯސްޓް ރީހެބް ޕާރޓްނަރ އަކަށް ފިޓް4ލައިފް ހަމަޖައްސައިފިއެވެ. މިއީ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއިއެކު ޑިވެލޮޕްމަންޓް ޕާރޓްނަރއެއްގެ ގޮތުގައި ފެތުންތެރިންގެ ރީހެބިލިޓޭޝަންގެ ކަންކަން ބެލެއްހެއްޓުމަށް ވެވުނު މިފަދަ ފުރަތަމަ ޕާރޓްނަޝިޕް އެއްބަސްވުމެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވުނު މިއެއްބަސްވުމުގައި ސޮއިކުރުމުގެ ޙަފްލާގައި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް، މުޙައްމަދު ޢަބްދުއްސައްތާރު ދެއްކެވި ވާހަކަފުޅުގައި، މިފަދަ ޚިދުމަތެއް ރާއްޖޭގެ ފެތުންތެރިންނަށް ފޯރުކޮށްދޭކަމަށްޓަކައި ވަނީ ފިޓް4ލައިފްގެ ވެރިޔާއަށާއި އެ ސެންޓަރުގައި މަސައްކަތްކުރާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި ރާއްޖޭގެ ފެތުންތެރިން ފަރިތަކުރުންތައް ކުރިއަށްގެންދާއިރު އަދި، މުބާރާތްތަކުގައި ވާދަކުރާއިރު ފެތުންތެރިން ކޮންޑިޝަން ކުރުމަށް ފިޓް4ލައިފްގެ އެހީތެރިކަން ލިބިގެން ދިޔުމަކީ، ރާއްޖޭގެ ފެތުންތެރިން އިތުރަށް ކުރިއަރައިގެން ދިޔުމަށް ލިބޭ ވަރަށް ފުރިހަމަ އަދި އެހާމެ ބޭނުންތެރި ޚިދުމަތެއްކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.

މި ޙަފްލާގައި ފިޓް4ލައިފްގެ ވެރިޔާ، މުޙައްމަދު ފަޔާޒް ޢަލީ ރިޒާ (ފިއްޓެ) ދެއްކެވި ވާހަކަފުޅުގައި އިންޖަރީވެ ފަރިތަކުރުންތަކަށާއި ޕަރފޮރމަންސްއަށް ބުރޫ އެރުމުގެކުރިން ފަރުވާހޯދުމުގެ މުޙިއްމުކަމުގެމައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި މިވެވުނު އެއްބަސްވުމުގެ ދަށުން އެފުރުޞަތު ފިޓް4ލައިފްއަށް ލިބިގެން ދިޔުމަކީ އެ ނުހަނު ޝުކުރުވެރިވާ ކަމެއްކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.

މިއެއްބަސްވުމުގެ ދަށުން ޤައުމީ ފެތުމުގެ ސީނިއަރ އަދި ޖޫނިއަރ ސްކޮޑްގެ ތެރަޕީއާއި ރީހެބިލިޓޭޝަންގެ ހުރިހާކަމެއް ބަލަހައްޓާނީ ފިޓް4ލައިފް ޕްރީ އެންޑް ޕޯސްޓް ރީހެބް ސެންޓަރުގެ ފަރާތުންނެވެ.

fit4life pre and post rehabilitation center


our sponsors and partners

ޕްރީ އެންޑް ޕޯސްޓް ރީހެބް ޕާރޓްނަރ އަކަށް ފިޓް4ލައިފް ހަމަޖައްސައިފި