އޮލިމްޕިކް ސޮލިޑާރިޓީގެ އެހީގެ ދަށުން ޔޫ.އެސް.އޭ ގެ ޔުނިވަރސިޓީ އޮފް ޑެލެވެއަރ ގައި ހިންގޭ ‘އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް’ ގައި ކިޔެވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން އެކޮމިޓީގެ މެންބަރު ހުރިހާ ކުޅިވަރު އެސޯސިއޭޝަންއަށް ވަނީ ހުޅުވާލާފައެވެ.
ޕްރޮގްރާމާއި ބެހޭ މަޢުލޫމާތު:
- ޕްރޮގްރާމްގެ ނަން: އިންޓަރނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް
- މަޢުލޫމާތު: ޔުނިވަރސިޓީގެ ވެބްސައިޓް.
- ބޭއްވޭތަން: ޔޫ.އެސް.އޭ އަދި ސްވިޒަލޭންޑް
- ފުރަތަމަ މޮޑިއުލްގެ ތާރީޚް: 16 ސެޕްޓެމްބަރ އިން 01 އޮކްޓޯބަރ 2017 އަށް ޔުނިވަރސިޓީ އޮފް ޑެލެވެއަރ ކެމްޕަސް ގައި
- ދެވަނަ މޮޑިއުލްގެ ތާރީޚް: 01 ން 08 އޮކްޓޯބަރ 2017 އަށް ޑެޒިގްނޭޓެޑް އެޕްރެންޓީސްޝިޕް ސައިޓްތަކުގައި.
- ތިންވަނަ މޮޑިއުލްގެ ތާރީޚް: 08 ން 20 އޮކްޓޯބަރ 2017 އަށް ޔޫ.އެސް.އޭ އޮލިމްޕިކް ޓްރެއިނިންގ ސެންޓަރުގައި.
- ހަތަރުވަނަ މޮޑިއުލް: 26 އެޕްރީލް އިން 08 މެއި 2017 އަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ހެޑްކްއާޓަރސް (ލުޒޭން، ސްވިޒަލޭންޓް)
- ޝަރުތު:
- ޤައުމީ ލެވެލްގެ ފެތުންތެރިންނަށް ކޯޗުކޮށްދެމުންދާ ކޯޗެއްކަމުގައިވުން.
- ކޯޗިންގެ ދާއިރާގައި މެދުވެގެން 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- މަޢުލޫމާތު ސާފުކުރެއްވުމަށް: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ، ފޯނު: 3346640، އީމެއިލް: info@nocmaldives.org
މިކޯހަށް ހޮވޭ ކޯޗުންގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ މެދުވެރިކޮށް، އޮލިމްޕިކް ސޮލިޑާރިޓީގެ ފަރާތުންނެވެ.
ސިޓީ ހުށަހަޅަންޖެހޭ ސުންގަޑި: 26 މާރޗް 2017 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނުގެ އިދާރާއަށް.
ސިޓީ އާއިއެކު ހުށަހަޅުއްވަންޖެހޭ ތަކެތި:
- ސީވީ
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑްގެ ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
our sponsors and partners