ބައިނަލްއަޤްވާމީ ފެތުމުގެ ކުޅިވަރުތަކާއިބެހޭ ޖަމްޢިއްޔާ، ފީނާ އިން ހަންގޭރީގެ ބުޑަޕެސްޓްގައި ބާއްވާ 17 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް ދިވެހިރާއްޖެ ތަމްޞީލްކުރާ ފެތުންތެރިން ބުޑަޕެސްޓަށް ދިޔުމަށްޓަކައި ފުރައިފިއެވެ. ސްރީލަންކާގައި ކޭމްޕް ކުރުމަށްފަހު ދިވެހި ޓީމް ފުރާފައިވަނީ ސްރީލަންކާއިންނެވެ.
މިމުބާރާތުގައި ދިވެހިރާއްޖެ ތަމްޞީލްކުރާނީ އިސްމާޢީލް މުޢުތަސިމް އަދުނާނު އާއި، މުބާލް ޢައްޒާމް އިބުރާޙީމް އާއި، އައިޝަތު ސާޖިނާ އަދި އާމިނަތު ޝަޖަންއެވެ. ޓީމް މެނޭޖަރެއްގެ ގޮތުގައި އެސޯސިއޭޝަންގެ ރައީސް، މުޙައްމަދު ޢަބްދުއްސައްތާރު ދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ޓީމްގެ ކޯޗެއްގެ ގޮތުން އިބްރާޙީމް މޫސާ އަދި ޓީމްގެ ފިޒިއޮތެރަޕިސްޓެއްގެ ގޮތުގައި ފިޓް4ލައިފް ގެ ފަރާތުން މުޙައްމަދު ފަޔާޒު ޢަލީ ރިޒާ (ފިއްޓެ) ދިޔުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހިޓީމް ގެ އިވެންޓްތައް:
- އިސްމާޢީލް މުޢުތަސިމް އަދުނާން: 50 މީޓަރ އަދި 100 މީޓަރ ފްރީސްޓައިލް
- މުބާލް ޢައްޒާމް އިބުރާޙީމް: 400 މީޓަރ ފްރީސްޓައިލް އަދި 400 މީޓަރ އިންޑިވިޖުއަލް މެޑްލޭ
- އައިޝަތު ސާޖިނާ: 50 މީޓަރ 100 މީޓަރ ބްރެސްޓްސްޓްރޯކް
- އާމިނަތު ޝަޖަން: 50 މީޓަރ އަދި 100 މީޓަރ ފްރީސްޓައިލް
- ޓީމް އިވެންޓް: 4 ގުނަ 100 މީޓަރ ފްރީސްޓައިލް މިކްސްޑް ރިލޭ އަދި 4 ގުނަ 100 މީޓަރ މިކްސްޑް މެޑްލޭ ރިލޭ
ދިވެހި ޓީމް އެނބުރި އައުމަށް ހަމަޖެހިފައިވަނީ ޖުލައި 31 ވަނަ ދުވަހުއެވެ.
our sponsors and partners