ހަންގޭރީގެ ބުޑަޕެސްޓްގައި މިހާރު ހިނގަމުންދާ 17 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައި، 400 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑް މުބާލް ޢައްޒާމް އިބްރާޙީމް އައުކޮށްފިއެވެ. މިއިވެންޓްގެ ޤައުމީރެކޯޑް މުބާލް އައުކޮށްފައިވަނީ 04:51.57 އިން ރޭސްފުރިހަމަކޮށްގެންނެވެ.
400 މީޓަރ ފްރީސްޓައިލް އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ އިސްމާޢީލް މުޢުތަސިމް އަދުނާނެވެ. އެއީ 2015 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި 9 ވަނަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި 05:00.65 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
މިމަހު 14 ވަނަ ދުވަހު ބުޑަޕެސްޓްގައި ފެށި 17 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސް ގައި ރާއްޖެ ތަމްސީލުރަނީ މުބާލް ޢައްޒާމް އިބުރާޙީމް އާއި، އިސްމާޢީލް މުޢުތަސިމް އަދުނާން އާއި އައިމިނަތު ޝަޖަން އަދި އައިޝަތު ސާޖިނާ އެވެ.
our sponsors and partners