ފަންސަވީސް ސިކުންތުގެ ކުރިއެރުމަކާއިއެކު ހަތަރުސަތޭކަ މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ޤައުމީ ރެކޯރޑް މުބާލް އައުކޮށްފި

ހަންގޭރީގެ ބުޑަޕެސްޓްގައި މިހާރު ހިނގަމުންދާ 17 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައި، 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑް މުބާލް ޢައްޒާމް އިބްރާޙީމް އައުކޮށްފިއެވެ. މިއިވެންޓްގެ ޤައުމީރެކޯޑް މުބާލް އައުކޮށްފައިވަނީ 05:48.11 އިން ރޭސްފުރިހަމަކޮށްގެންނެވެ. މިއީ 25.46 ސިކުންތުގެ ކުރިއެރުމެކެވެ.

400 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓް ދިވެހި ފެތުންތެރިއެއް އެންމެ އަވަހަށް ނިންމާފައިވަނީ 2015 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި 9 ވަނަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައެވެ. އެއީ 06:13.57 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މިމަހު 14 ވަނަ ދުވަހު ބުޑަޕެސްޓްގައި ފެށި 17 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސް ގައި ރާއްޖެ ތަމްސީލުރަނީ މުބާލް ޢައްޒާމް އިބުރާޙީމް އާއި، އިސްމާޢީލް މުޢުތަސިމް އަދުނާން އާއި އައިމިނަތު ޝަޖަން އަދި އައިޝަތު ސާޖިނާ އެވެ. ކޯޗުގެ ގޮތުގައި އިބްރާޙީމް މޫސާ އަދި ފިޒިއޮތެރަޕިސްޓެއްގެ ގޮތުގައި ފިޓް ފޮރ ލައިފް ގެ ފަރާތުން މުޙައްމަދު ފަޔާޒު ޢަލީ ރިޒާ (ފިއްޓެ) ވަނީ ބައިވެރިވެފައެވެ. އަދި ޓީމުގެ މެނޭޖަރެއްގެ ގޮތުގައި އެސޯސިއޭޝަނުގެ ރައީސް، މުޙައްމަދު ޢަބްދުއްސައްތާރު ވަނީ ބައިވެރިވެފައެވެ.


our sponsors and partners

ފަންސަވީސް ސިކުންތުގެ ކުރިއެރުމަކާއިއެކު ހަތަރުސަތޭކަ މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ޤައުމީ ރެކޯރޑް މުބާލް އައުކޮށްފި