މިއެސޯސިއޭޝަނުގެ ފަރާތުން ބާއްވާ އައްޑޫ ސިޓީ، ސްކޫލްކުދިންގެ 4 ވަނަ ފެތުމުގެ މުބާރާތް 2017 ވަނަ އަހަރުގެ ސެޕްޓެމްބަރ 11 ން 15 އަށް އަދި އައްޑޫ ސިޓީ 2 ވަނަ ކިޑްސް ސްވިމިންގ ފެސްޓިވަލް ސެޕްޓެމްބަރ 8 އަދި 9 ގައި، ހިތަދޫ ސްވިމިންގ ޓްރެކްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ، ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ހުޅުވާލެވިގެން އައްޑޫ ސިޓީގައި ބޭއްވޭ މުބާރާތެކެވެ.
މި މުބާރާތުގައި އަންނަނިވި އުމުރުފުރާތަކާއި، ކެޓަގަރީތަކުގެ އަންހެން އަދި ފިރިހެން ކެޓަގަރީތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
- 6 އަހަރުންދަށް (ކިޑްސް ސްވިމިންގ ފެސްޓިވަލް)
- 8 އަހަރުންދަށް (ކިޑްސް ސްވިމިންގ ފެސްޓިވަލް)
- 10 އަހަރުންދަށް (ކިޑްސް ސްވިމިންގ ފެސްޓިވަލް)
- 12 އަހަރުން ދަށް
- 14 އަހަރުން ދަށް
- 16 އަހަރުން ދަށް
- 19 އަހަރުން ދަށް
- ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކެޓަގަރީ
އައްޑޫ ސިޓީ، ސްކޫލްކުދިންގެ 3 ވަނަ ފެތުމުގެ މުބާރާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓްތައް:
| Event | SEN | Under 12 | Under 14 | Under 16 | Under 19 |
| 25m Freestyle | ✓ | ||||
| 25m Backstroke | ✓ | ✓ | |||
| 25m Breaststroke | ✓ | ✓ | |||
| 25m Butterfly | ✓ | ✓ | |||
| 50m Freestyle | ✓ | ✓ | ✓ | ✓ | ✓ |
| 50m Backstroke | ✓ | ✓ | ✓ | ✓ | |
| 50m Breaststroke | ✓ | ✓ | ✓ | ✓ | |
| 50m Butterfly | ✓ | ✓ | ✓ | ✓ | |
| 100m Freestyle | ✓ | ✓ | ✓ | ✓ | |
| 100m Backstroke | ✓ | ✓ | ✓ | ||
| 100m Breaststroke | ✓ | ✓ | ✓ | ||
| 100m Butterfly | ✓ | ✓ | ✓ | ||
| 100m Individual Medley | ✓ | ✓ | |||
| 200m Individual Medley | ✓ | ✓ | |||
| 4x25m. Freestyle Relay | ✓ | ||||
| 4x25m. Medley Relay | ✓ | ||||
| 4x25m. Freestyle Mix Relay | ✓ | ✓ | |||
| 4x50m. Freestyle Relay | ✓ | ✓ | ✓ | ||
| 4x50m. Medley Relay | ✓ | ✓ | ✓ | ||
| 4x100m. Freestyle Relay | ✓ | ✓ | |||
އައްޑޫ ސިޓީ 2 ވަނަ ކިޑްސް ސްވިމިންގ ފެސްޓިވަލްގެ އިވެންޓްތައް:
| Event | Under 6 | Under 8 | Under 10 |
| 25m Flutter Kick | ✓ | ||
| 50m Flutter Kick | ✓ | ✓ | |
| 25m Freestyle | ✓ | ✓ | ✓ |
| 25m Backstroke | ✓ | ✓ | |
| 25m Breaststroke | ✓ | ✓ | |
| 25m Fly | ✓ | ||
| 4x25m. Freestyle Relay | ✓ | ✓ | ✓ |
| 4x25m. Freestyle Mix Relay | ✓ | ✓ | ✓ |
| Total Event (with Relay) | 5 | 6 | 6 |
މުބާރާތުގެ ނަން: އައްޑޫ ސިޓީ ސްކޫލްކުދިންގެ 3 ވަނަފެތުމުގެ މުބާރާތް
Addu City 3rd Inter School Swimming Competition
މުބާރާތް ބާއްވާ ތަން: ހިތަދޫ ސްވިމިންގ ޓްރެކް
މުބާރާތުގައި ބައިވެރިވުމަށް ފޯރމް ހުށަހަޅަންޖެހޭ ތާރީޚް: 30 އޮގަސްޓް 2017 ވާ ބުދަ ދުވަހުގެ 14:00 އަށް.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމާއި އިތުރު މަޢުލޫމާތު: ލިންކް
މި މުބާރާތުގައި ބައިވެރިވާން އެދޭ ސްކޫލްތަކުން އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، މިއެސޯސިއޭޝަނާއި ގުޅުއްވުން އެދެމެވެ.
ފޯނު: 3323429
ފެކްސް: 3314206
އީމެއިލް: info@swimming.org.mv
our sponsors and partners