އެކާވީސް ވަނަ ނެޝަލަން އޮލިމްޕިކް އެކަޑަމީ ސެޝަން (މެލޭޝިއާ) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

noa session malaysia 2015 (photo by: maldives olympic committee)

2017 ވަނަ އަހަރު މެލޭޝިއާގެ ނެޝަނަލް އޮލިމްޕިކް އެކަޑަމީ އިން އިންތިޒާމް ކޮށްގެން ކުއަލަ ލަމްޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ 21 ވަނަ ނެޝަނަލް އޮލިމްޕިކް އެކަޑަމީ ސެޝަން 2017 ގައި ބައިވެރިވުމަށް ދިވެހިރާއްޖެއިން ފޮނުވާ 1 އަންހެން އަދި 1 ފިރިހެން ބައިވެރިންނަށް ނަންހުށަހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ އެކޮމިޓީގައި އެފިލިއޭޓް ވެފައިވާ ކުޅިވަރު އެސޯސިއޭޝަންތަކަށް ހުޅުވާލާފައެވެ.

މިސެޝަނުގައި ބައިވެރިވާ 1 އަންހެން އަދި 1 ފިރިހެން ބޭފުޅުން ހޮވާނީ ކުޅިވަރު އެސޯސިއޭޝަންތަކުންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ހުށަހަޅާ ނަންތަކުގެތެރެއިން އެބޭފުޅެއްގެ ވަނަވަރާއި އިންޓަވިއުއަށް ބެލުމަށްފަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިންނެވެ.

ވީމާ، މިސެޝަނުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 26 ނޮވެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ 14:00ގެ ގެ ކުރިން މިކަމަށް އެދި މިއެސޯސިއޭޝަނަށް ސިޓީ އާއި ސިޓީއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ދަންނަވަމެވެ.

ސެޝަނުގެ މަޢުލޫމާތު:

  • ސެޝަނުގެ ނަން: 21 ވަނަ ނެޝަނަލް އޮލިމްޕިކް އެކަޑަމީ ސެޝަން 2017 (މެލޭޝިއާ)
    ބޭއްވޭ ތަން: ކުއަލަ ލަމްޕޫރު (މެލޭޝިއާ)
    ބޭއްވޭޭ ތާރީޚް: 2017 ޑިސެމްބަރ 11 ން 15 އަށް

މިސެޝަނުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

  • މިސެޝަނުގައި ބައިވެރުވުމަށް އެދި ހުށަހަޅާ ސިޓީ.
  • އެމީހެއްގެ ވަނަވަރު.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ޕާސްޕޯރޓް ކޮޕީ (30 އޮގަސްޓް 2018 ގެ ނިޔަލަށް މުއްދަތުހަމަނުވާ).

މި ސެޝަނުގައި ބައިވެރިވުމަށް މިއެސޯސިއޭޝަނަށް ހުށަހަޅާ ނަންތަކުގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.

  • 25 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރުގެ ބޭފުޅެއްކަމުގައިވުން. (2017 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 11 ވަނަ ދުވަހަށް 25 އަހަރު ފުރި 35 އަހަރު ފުރިފައިނުވާ ފަރާތްތައް)
  • މިއެސޯސިއޭޝަނުގެ މެންބަރެއް ކަމުގައިވުން ނުވަތަ މިއެސޯސިއޭޝަނުގެ ވަގުތީ ނުވަތަ ދާއިމީ ވަޒީފާއެއްގައި ހުރި ބޭފުޅެއްކަމުގައިވުން.
  • ޖީ.ސީ.އީ އޯލެވެލް (ނުވަތަ އެފެންވަރުގެ ނުވަތަ އެއަށްވުރެން މަތީފެންވަރެއްގެ އިމްތިހާނަކުން) އިނގިރޭސި، މިމާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުން.
  • އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީގެ ޔަންގ ޕާރޓިސިޕަންޓްސް ސެޝަންގައި ބައިވެރިވެފައިވާ ފަރާތެއްކަމުގައިނުވުން.
  • ދިވެހި ރައްޔިތެއް ކަމުގައިވުން.

މިއެސޯސިއޭޝަނުން ފޮނުވާ ނަންތައް ފޮނުވުމުގައި އަންނަނިވި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

  • ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްޞީލްކޮށްފައިވާ މީހުން.
  • މީގެކުރިން މި ސެޝަނުގައި ނުވަތަ މިފަދަ ސެޝަނެއްގައި ބައިވެރި ނުވާ މީހުން.
  • ސްވިމިންގ އެސޯސިއޭޝަނުގެ ޚަރަކާތްތަކުގައި އެކްޓިވްކޮށް ޚަރަކާތްތެރިވާ މީހުން.
  • ސްވިމިންގ އެސޯސިއޭޝަނުގައި ވަޒީފާ އަދާކުރަމުންދާ މީހުން.
  • އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގޭ މީހުން.

our sponsors and partners

އެކާވީސް ވަނަ ނެޝަލަން އޮލިމްޕިކް އެކަޑަމީ ސެޝަން (މެލޭޝިއާ) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު