އިންޓަނޭޝަނަލް ކޯޗިންގ ކޯސް (ޖަރުމަނުވިލާތް) ގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު

2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 2 ން 31 ޖަނަވަރީ 2020ގެ ނިޔަލަށް ޖަރުމަނުވިލާތުގެ ލައިޕްޒިގް Universität Leipzig ގައި ހިންގުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ކޯޗިންގ ކޯހުގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު، މިއެސޯސިއޭޝަނަށް ވަނީ ލިބިފައެވެ. ވީމާ، މިކޯހުގައި ބައިވެރިވާން އެދޭފަރާތްތަކުން މިކަމަށްއެދި 3 ފެބްރުއަރީ 2019 ވާ އާދީއްތަދުވަހުގެ 13:00ގެ ކުރިން މިއެސޯސިއޭޝަނަށް ފޯރމް އަދި، ފޯރމްއާއިއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުއްވުން އެދެމެވެ.

  • ކޯހުގެ ނަން: އިންޓަނޭޝަނަލް ކޯޗިންގ ކޯސް (ސްވިމިންގ)
  • ކޯސް ބޭއްވޭ ތާރީޚް: 2 ސެޕްޓެމްބަރ 2019 ން 31 ޖެނުއަރީ 2020
  • ކޯހުގައި ބައިވެރިވުމަށް އެދޭ ފޯރމް: އެޕްލިކޭޝަން ފޯރމް ޑައުންލޯޑް ލިންކް
  • ކޯސްބޭއްވޭ ޤައުމު: ޖަރުމަނުވިލާތް
  • ކޯހުގެ ފީ: ހިލޭ
  • ޕޮކެޓްމަނީ: ޖަރުމަނުގައި ހޭދަވާ ދުވަސްތަކުގައި ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސުމަށް އެހީތެރިވުމުގެ ގޮތުން، ޖަރުމަނު އެންބަސީގެ ފަރާތުން ކޮންމެ މަހަކު އެލަވަންސް ހަމަޖައްސައިދޭނެއެވެ.
  • ޓިކެޓް: ޖަރުމަނަށް ދިޔުމުގެ ޓިކެޓް ހަމަޖައްސަން ޖެހޭނީ އެބައިވެރިޔެއްގެ އަމިއްލަ ޚަރަދުގައެވެ.
  • ވިސާ: މިކޯހުގައި ބައިވެރިވެ، ޖަރުމަނަށް ދިޔުމަށް ބޭނުންވާ ވިސާ ހަމަޖައްސަން ޖެހޭނީ އެބައިވެރިއެއް އަމިއްލައަށް، އަމިއްލަ ޚަރަދުގައެވެ.
  • ފޯރމް ހުށަހަޅަންޖެހޭ ތާރީޚް: 3 ފެބްރުއަރީ 2019 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން.
  • ފޯރމް ހުށަހަޅަން ޖެހޭތަން: ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް.
  • އިތުރު މަޢުލޫމާތު: ކޯހުގެ ވެބްސައިޓް އަދި ފްލައިއަރ

ކޯހުގައި ބައިވެރިވުމުގެ ޝަރުތުތައް:

  • 3 ސެޕްޓެމްބަރ 2019 އަށް 18 އަހަރު ފުރި، 40 އަހަރު ނުފުރޭ މީހެއްކަމުގައިވުން.
  • ކުޅިވަރުގެ ދާއިރާއިން ތަޢުލީމް ޙާސިލްކޮށްފައިވުން (ކުޅިވަރު ކޮމިއުނިޓީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ، ކުޅިވަރާއިބެހޭ ދާއިރާއެއްގެ ސެޓްފިކެޓެއް)
  • ކޯޗެއްގެ ގޮތުގައި ނުވަތަ، ކުޅުންތެރިއެއްގެ ގޮތުގައި ނުވަތަ ފިޒިކަލް އެޑިއުކޭޝަން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ނުވަތަ ކުރަމުންދާ މީހެއްކަމުގައި ވުން.
  • ޖިސްމާނީ އަދި ނަފްސާނީގޮތުން ދުޅަހެޔޮ މީހެއްކަމުގައި ވުން.

އެޕްލިކޭޝަން ފޯރމްއާއި އެކު ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯރމް
  • އަސްލާއި އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ.
  • އަސްލާއި އެއްގޮތްކަމަށް ތައްގަނޑުޖަހާފައިވާ، ކުޅިވަރުގެ ދާއިރާއިން ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ޕާސްޕޯރޓް ސައިޒްގެ 4 ފޮޓޯގަނޑު (ދިވެހިރާއްޖޭގެ ޕާސްޕޯރޓް ހެއްދުމަށް ބޭނުންވާ ފޮޓޯގެ މިންގަނޑުތަކާއި އެއްގޮތަށް)
  • މެޑިކަލް އެގްޒެމިނޭޝަން ރިޕޯރޓް (ޝެންގަން ލޯންގް ޓަރމް ވިސާއަށް ބޭނުންވާ)، އޮރިޖިނަލް ލެބޯރިޓީ ޓެސްޓްތަކުގެ ނަތީޖާއާއިއެކު.
  • އަސްލާއި އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމަނުވާ ޕާސްޕޯރޓްގެ ކޮޕީ.

މިކޯހުގައި ބައިވެރިވުމަށް ސްވިމިންގ އެސޯސިއޭޝަނުގެ ފަރާތުން ހުށަހަޅާ ނަން ހޮވުމުގައި ތިރީގައިވާ ކަންކަމަށް ބެލޭނެއެވެ.

  • ފެތުންތެރިއެއްގެ ގޮތުގައި ހޭދަކޮށްފައިވާ މުއްދަތު
  • ސްވިމިންގ ކޯޗެއްގެ ގޮތުގައި ހޭދަކޮށްފައިވާ މުއްދަތު
  • ސްވިމިންގ އެސޯސިއޭޝަނަށާއި ކުޅިވަރުގެ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތްތަކާއި، ޚިދުމަތް ކޮށްދީފައިވާ މުއްދަތު.

our sponsors and partners

އިންޓަނޭޝަނަލް ކޯޗިންގ ކޯސް (ޖަރުމަނުވިލާތް) ގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު