2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 2 ން 31 ޖަނަވަރީ 2020ގެ ނިޔަލަށް ޖަރުމަނުވިލާތުގެ ލައިޕްޒިގް Universität Leipzig ގައި ހިންގުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ކޯޗިންގ ކޯހުގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު، މިއެސޯސިއޭޝަނަށް ވަނީ ލިބިފައެވެ. ވީމާ، މިކޯހުގައި ބައިވެރިވާން އެދޭފަރާތްތަކުން މިކަމަށްއެދި 3 ފެބްރުއަރީ 2019 ވާ އާދީއްތަދުވަހުގެ 13:00ގެ ކުރިން މިއެސޯސިއޭޝަނަށް ފޯރމް އަދި، ފޯރމްއާއިއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުއްވުން އެދެމެވެ.
- ކޯހުގެ ނަން: އިންޓަނޭޝަނަލް ކޯޗިންގ ކޯސް (ސްވިމިންގ)
- ކޯސް ބޭއްވޭ ތާރީޚް: 2 ސެޕްޓެމްބަރ 2019 ން 31 ޖެނުއަރީ 2020
- ކޯހުގައި ބައިވެރިވުމަށް އެދޭ ފޯރމް: އެޕްލިކޭޝަން ފޯރމް ޑައުންލޯޑް ލިންކް
- ކޯސްބޭއްވޭ ޤައުމު: ޖަރުމަނުވިލާތް
- ކޯހުގެ ފީ: ހިލޭ
- ޕޮކެޓްމަނީ: ޖަރުމަނުގައި ހޭދަވާ ދުވަސްތަކުގައި ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސުމަށް އެހީތެރިވުމުގެ ގޮތުން، ޖަރުމަނު އެންބަސީގެ ފަރާތުން ކޮންމެ މަހަކު އެލަވަންސް ހަމަޖައްސައިދޭނެއެވެ.
- ޓިކެޓް: ޖަރުމަނަށް ދިޔުމުގެ ޓިކެޓް ހަމަޖައްސަން ޖެހޭނީ އެބައިވެރިޔެއްގެ އަމިއްލަ ޚަރަދުގައެވެ.
- ވިސާ: މިކޯހުގައި ބައިވެރިވެ، ޖަރުމަނަށް ދިޔުމަށް ބޭނުންވާ ވިސާ ހަމަޖައްސަން ޖެހޭނީ އެބައިވެރިއެއް އަމިއްލައަށް، އަމިއްލަ ޚަރަދުގައެވެ.
- ފޯރމް ހުށަހަޅަންޖެހޭ ތާރީޚް: 3 ފެބްރުއަރީ 2019 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން.
- ފޯރމް ހުށަހަޅަން ޖެހޭތަން: ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް.
- އިތުރު މަޢުލޫމާތު: ކޯހުގެ ވެބްސައިޓް އަދި ފްލައިއަރ
ކޯހުގައި ބައިވެރިވުމުގެ ޝަރުތުތައް:
- 3 ސެޕްޓެމްބަރ 2019 އަށް 18 އަހަރު ފުރި، 40 އަހަރު ނުފުރޭ މީހެއްކަމުގައިވުން.
- ކުޅިވަރުގެ ދާއިރާއިން ތަޢުލީމް ޙާސިލްކޮށްފައިވުން (ކުޅިވަރު ކޮމިއުނިޓީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ، ކުޅިވަރާއިބެހޭ ދާއިރާއެއްގެ ސެޓްފިކެޓެއް)
- ކޯޗެއްގެ ގޮތުގައި ނުވަތަ، ކުޅުންތެރިއެއްގެ ގޮތުގައި ނުވަތަ ފިޒިކަލް އެޑިއުކޭޝަން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ނުވަތަ ކުރަމުންދާ މީހެއްކަމުގައި ވުން.
- ޖިސްމާނީ އަދި ނަފްސާނީގޮތުން ދުޅަހެޔޮ މީހެއްކަމުގައި ވުން.
އެޕްލިކޭޝަން ފޯރމްއާއި އެކު ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯރމް
- އަސްލާއި އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ.
- އަސްލާއި އެއްގޮތްކަމަށް ތައްގަނޑުޖަހާފައިވާ، ކުޅިވަރުގެ ދާއިރާއިން ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ.
- ޕާސްޕޯރޓް ސައިޒްގެ 4 ފޮޓޯގަނޑު (ދިވެހިރާއްޖޭގެ ޕާސްޕޯރޓް ހެއްދުމަށް ބޭނުންވާ ފޮޓޯގެ މިންގަނޑުތަކާއި އެއްގޮތަށް)
- މެޑިކަލް އެގްޒެމިނޭޝަން ރިޕޯރޓް (ޝެންގަން ލޯންގް ޓަރމް ވިސާއަށް ބޭނުންވާ)، އޮރިޖިނަލް ލެބޯރިޓީ ޓެސްޓްތަކުގެ ނަތީޖާއާއިއެކު.
- އަސްލާއި އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމަނުވާ ޕާސްޕޯރޓްގެ ކޮޕީ.
މިކޯހުގައި ބައިވެރިވުމަށް ސްވިމިންގ އެސޯސިއޭޝަނުގެ ފަރާތުން ހުށަހަޅާ ނަން ހޮވުމުގައި ތިރީގައިވާ ކަންކަމަށް ބެލޭނެއެވެ.
- ފެތުންތެރިއެއްގެ ގޮތުގައި ހޭދަކޮށްފައިވާ މުއްދަތު
- ސްވިމިންގ ކޯޗެއްގެ ގޮތުގައި ހޭދަކޮށްފައިވާ މުއްދަތު
- ސްވިމިންގ އެސޯސިއޭޝަނަށާއި ކުޅިވަރުގެ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތްތަކާއި، ޚިދުމަތް ކޮށްދީފައިވާ މުއްދަތު.
our sponsors and partners